ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ އިންޒާރު ދޭ މީހުންނަަށް ފިޔަވަޅު އަޅަން ޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުގެ އިންޒާރުދީ މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މަރުގެ އިންޒާރުދީ މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް ނަސޭހަތްދީ އިސްލާހުކުރުން މުހިންމުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝިދު ވިދާޅުވީ ހައްޔަރު ކުރުމަކީ ނަފުރަތު އުފެދިގެންދާނެ ކަމެއްކަމަށެވެ.

 

https://twitter.com/MohamedNasheed/status/1188840361243709440?s=20

އީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާ ދެމުންދިޔަ މީހަކު މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: