ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ބިޝާމްގެ މައްސަލައެއް، އޭސީސީއަށް!

ޕީޖީއަށް ތުހުމަތުވާ މައްސަލައެއް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިން ކަމުގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

“މިނިވަން 50” އާއި ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާކޮށްދޭން އޭސީސީއަށް ހުށަހެޅުމުން ދައުވާ ނުކުރަން ނިންމަވައި ޕީޖީ އަނބުރާ ފޮނުވާލެއްވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެންނެވެ.

ބިޝާމަށް އަށް ތުހުމަތުކުރާ މައްސަލައެއް ހުށަހަޅާފައިވާ ކަން އޭސީސީން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް، އެ މައްސަލަ ތަހުގީގު ކުރުމާ މެދު ކޮމިޝަނުން އަދި ވަނި ގޮތެއް ނުނިންމަ އެވެ.

އަމިއްލަ ފަރާތަކުން ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވެވި ޖާފަތް، ތައްޔާރު ކުރުމަށް ނިއުޕޯޓާއި ހަވާލުކޮށްފައިވަނީ ކޮރަޕްޝަންއަށް މަގުފައި ވާ ގޮތަށް ކަމަށް އެ ކޮމިޝަނުން ބެލި މައްސަލައިގައި ނިންމާފައިވާ ކަމެށެވެ. އަދި އެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީން ނިންމާފައިވަނީ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ނުކުރުމަށް ބިޝާމް ނިންމެވި އިރު އޭނާ އަކީ ރަސްމީ ޖާފަތް ތައްޔާރު ކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިއު ޕޯޓާ ހަވާލުކުރުމަށް ނިންމި ކޮމިޓީގައި މުންދުއާ އެކު އެ ނިންމުން ނިންމެވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށް ވެސް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވެ އެވެ.

އެއީ ބިޝާމަށް ތުހުމަތު ކުރެވޭ ގޮތަށް އޮތް މައްސަލައަކަށްވާ އިރު، އެކަމުގައި ދައުވާ ނުކުރަން އޭނާ ނިންމެވި ނިންމެވުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމުގެ އަމަލެއް ކަމަށް މައްސަލައިގެ ލިޔުމުގައި ވެ އެވެ.

ޕީޖީ ބިޝާމްގެ މި މައްސަލަ އޭސީސީއަށް ގޮސްފައިމިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވާހަކަ ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. މަޖިލީހުން އޭނާ މަގާމުން ވަކި ނުކުރާތީ އެތައް ބައެއް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް މީގެ ކުރިން ބައެއް މެމްބަރުން އައި ގޮވާލަމުންނެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރީ މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. ޕީޖީގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް މީގެކުރިން ސިރާޖު ހުށަހެޅި އެވެ. އަދި މިދިޔަ ހަފްތާގައި ބިޝާމް ވަކި ކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ނިންމި އެވެ. ނަމަވެސް އޭގެ ޖެހިގެން އައި ދުވަހު އެކަން ވަނީ ބާތިލްކޮށްފަ އެވެ.

ބިޝާމް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރީ 2015 ގެ ނޮވެމްބަރު މަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: