ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށް ފަތުހުﷲ ޖަމީލް

ފަތުހުﷲ ޖަމީލް - (ފޮޓޯ:ސަންގު ފޮޓޯ ފައިލް)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އައްޔަން ކުރަން ފާސްކޮށްފައި ވަނީ 82 މެންބަރުންގެ ވޯޓުންނެވެ. ރައީސުލްޖުމްހޫރިށްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލީހަށް ހުށަހެޅުއްވީ  ދެ ނަމެކެވެ. ފަތުހުﷲ ގެ ނަންފުޅާއި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދެވެ. މި ދެ ބޭފުޅުންނާ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު އެ މަގާމަށް ފަތުހުﷲ އައްޔަން ކުރުމަށް ނިންމާފައި ވެއެވެ.

ފަތުހުﷲ އެންމެ ފުރަތަމަ މީރާގައު މަސައްކަތް ކުރެއްވީ 2003 ވަނަ އަހަރު ރެވެނިއު އޮފިސަރެއްގެ މަގާމުގައެވެ. އޭގެ ފަހުން ސީނިއާ ރެވެނިއު އޮފިސަރެއްގެ މަގާމަށް 2010 ވަނަ އަހަރާ ހަމައަށް ހުރުމަށްފަހު މީރާގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސާފައިވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އައްޔަންކުރަން މަޖިލީހުން ނިންމި އިރު، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް އަސްމާ ޝަފީއު އައްޔަން ކުރެއްވުމަށް މަޖިލިހުގެ 81 މެމްބަރުންގެ ވަނީ މިއަދު ވޯޓު ދެއްވާފައެވެ.

މީރާގެ ގާނޫނަށް ގެނައި އިސްލާހުތަކެއްގެ ސަބަބުން މިހާރު މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: