ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ : މަހުލޫފް

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕްރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ހިޔާނާތުގެ ތުހުމަތު ރައީސޫލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް ކުރެވޭއިރު އެކަން ރައްޔިތުންނަށް ސާފުކޮށް ދޭން ޖެހޭ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މަހުލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީވަޒީރެއްގެ މައްޗަށް ތުހުމަތެއް ކުރެވުމުން ލަސްނުކޮށް ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. 

މަހުލޫފް މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތައް މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ވެސް ފަނޑިޔާރުން އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ވެސް އެބަ ތިއްބެވި ކަމަށް ދާދިފަހުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން މީޑިޔާތަކަށް ސިއްރުކޮށްގެން ކުރިއަށްގެންދިޔައިރު ބިޝާމް ވިދާޅުވި ވަޒީރުންނަކީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި މަހުލޫފް ކަމަށް މެމްބަރުން ވިދާޅުވެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރެއްގެ މައްޗަށް ތުހުމަތެއް ކުރެވުމުން ނުވަތަ ގޯހެއް އުޅޭނަމަ ފިޔަވަޅު ދައުވާކޮށް އަބަދުވެސް ދޭންޖެހޭ ކަމަށެވެ.

މީގެއިތުރުން “ވަގު ސަރުކާރެއް ދިފާއުނުކުރަން ފާޅުގައި އެ ވާހަކަ ދެއްކި ފުރަތަމަ މީހަކީ އޭނާ ކަމަށާއި ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭންޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

https://twitter.com/AhmedMahloof/status/1188427455997939712?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1188427455997939712&ref_url=https%3A%2F%2Fwww.addulive.com%2F166344

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތައް މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ތިބި ކަމަށް ބިޝާމް ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ހަތް ބޭފުޅަކު މި ސަރުކާރުގެ ތެރޭގައި ތިއްބެވި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެއްވެސް ފަރާތެއްގެ ނަމެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައެއް ނުވެއެވެ.

ރިޔާޒު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ އަދަދުތައް އެނގުނު ނަމަވެސް އެއީ ހިޔާނާތުގެ ބައިވެރިން ކަމަށް ކަނޑައެޅިދާނެއޭ ބުނަން އަދި ތަންކޮޅެއް އަވަސް ކަމަށެވެ. އެގޮތުން އެ ފައިސާއާ ހަވާލުވީ އެއީ ސީދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން އެނގިގެންތޯ ބަލަންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: