ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރު ކޮމިޓީއެއްގައި ބިޝާމް ވިދާޅުވި ވަޒީރުންގެ ނަން އާއްމުވި މައްސަލަ ބަލަނީ!

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާއި ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދެއްކެވި ވާހަކަފުޅެއް އާއްމުވި މައްސަލަ ބަލަމުން އަންނަ ކަމަށް މަޖިލީހުގެ އަމީން އާމް ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

ދުވަސްތަކަކަށްފަހު މަޖިލީސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ސަންގު” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިއުޝާ ވިދާޅުވީ ކޮމިޓީއެއް ސިއްރު ކުރަނީ ސަބަބުތަކާއި ހުރެ ކަމަށެވެ. އަދި އެފަދަ ކޮމިޓީއެއްގައި ދެކެވޭ ވާހަކަތައް ކަމާއި ބެހޭ އިދާރާއަކާއި ހިއްސާ ކުރުމުގެ ބާރު ލިބިގެންވަނީ ކޮމިޓީގެ މުގައްރިރަށް ކަމަށެވެ. އެހެން ކަމުން ސިިއްރު ކޮމިޓީއެއްގައި ބިޝާމް ދެއްކެވި ވާހަކައެއް އާއްމުވި ގޮތެއް ބަަލަމުން އަންނަކަން އަމީން އާމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބިޝާމް ހާޒިރުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ބިޝާމް ވަނީ ހިޔާނާތުގެ ބައިވެރިން ވަރަށް ގިނަކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެކި ގޮތްގޮތުން ފައިސާ ހަރަދުވެފައިވާއިރު މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި އާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ހިޔާނާތުގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އެއާއި އެކު، މާލިއްޔަތު ކޮމިޓީގައި ވެސް ހިޔާނާތުގެ ބައިވެރިންގެ ގޮތުގައި ތުހުމަތު ކުރެވޭ މެމްބަރުން ތިއްބެވިކަން ބިޝާމް ވަނީ ފާހަގަ ކުރައްވާފައެވެ. 

ސަރުކާރުގެ ތެރޭގައި ވެސް ހިޔާނާތުގެ ބައިވެރިން ތިއްބެވިކަމަށް ބިޝާމް ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އެދުނީ އެ ނަންނަތައް ހާމަކޮށް ދެއްވުމަށެވެ. އެހެން ނަމަވެސް ބިޝާމް ވަނީ ތުހުމަތުވާ މެމްބަރުން ކޮމިޓީން ތަނާޒުލް ނުވާހާ ހިނދެއްގައި އެ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މައުލޫމާތު ދިނުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.

ބިޝާމްގެ ވާހަކަތަކާއި ގުޅިގެން ކޮމިޓީ ސިއްރު ކުރުމަށް ހުށަހަޅުއްވާފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ. އަދި އޭނާގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. އެއަށްފަހު ނޫސްވެރިން ކޮމިޓީން ބޭރުކުރިއެވެ. އަދި އެއަށްފަހު މާލިއްޔަތު ކޮމިޓީގެ ތެރޭގައި ދެކެވުއެއްވެސް ވާހަކައެއް މީޑިއާތަކަށް ވެސް ނޭނގެއެވެ.

އޭގެ ޖެހިގެން އައި ދުވަހު މަޖިލީހުގެ ކޮމިޓީގައި އެމްެއެމްޕީއާރުސީގެ މައްސަލައާއި ގުޅުވާ ނަންތަކެއް ހާމަކުރައްވާފައިވާކަމަށް ވިދާޅުވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހުއެވެ. އަދި އެ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭކަމަށް ބިޝާމް ހާމަކުރެއްވީ މަލީހާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ނަންފުޅުކަމަށެވެ. އެހެން ނަމަވެސް ތޯރިގްއަކީ އެ ކޮމިޓީގައި ހިމެނޭ ބޭފުޅެއް ނޫނެވެ.

މަލީހުވަނީ މި މައްސަލަ ފެންމަތިވުމާއި އެކު ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އެކަމާ ނުުރުހުންވެ ބިޝާމްއަށް ސިޓީއެއް ވެސް ފޮނުއްވިއެވެ.

އެމްއެމްޕީއާރުސީގެހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވިއެވެ. އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރިއިރު، މަހުލޫފާއި އަކްރަމްގެ އެކައުންޓަށް ވެސް ފައިސާ ވަދެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަކްރަމްގެ އެކައުންޓަށް ޖަމާވެފައި ވަނީ 30،000 ޑޮލަރު ކަމަށް ރިޕޯޓުގައި ބުނެ އެވެ. ދެ ބޭފުޅުންގެ ވެސް ސަސްޕެންޝަން އުވާލާފައިވަނީ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު މައްސަލައެއް ނެތްކަން ޔަގީން ކުރުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: