ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު އަދި ދުވަހަކުވެސް ހަށި ވިއްކާފައެއް ނުވާނެ!: ކުރީގެ ޕޮލިސް ކޮމިޝަނަރ

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

އަދި ދުވަހަކުވެސް ހަށި ވިއްކާފައިނުވާނެކަމަށް މިހާރު ފުލުސް އޮފީހުގައި ތިއްބެވި އިސްވެރިން ބޭކާރު ވާހަކަ ނުދެއްކެވުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުވިއިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށް ފުލުހުން މިދިޔަ ބުރާސްފަތިދުވަހު ތުހުމަތުކުރި ޕޮލިސް ކޮމިޝަރަކީ ހުސެއިން ވަހީދކަމަށް ރާއްޖޭގެ މީޑިއާތަކުގައި “މުއުތަބަަރުކޮށް” ހަބަރު ފެތުރުމާއެކު ހުސައިން ވަހީދު ވަނީ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި އެކަމުގެ ނުރުހުން ފާޅުކޮށް ބަޔާނެއް ލިޔުއްވާފައެވެ. 

ދުވަހަކުވެސް ހަށިވިއްކާފައިނުވާނެކަމަށް ކުރީގެ ކޮމިޝަނަރ ވިދާޅުވާއިރު އެކަން އެކަން މިހާރު ރައްދުކުރަންވަން ބޭނުންފުޅުވަނީ ކޮން ފަރާތަކަށްކަމެއް ހާމައެއް ނުކުރައްވައެވެ. އަދި މީގެކުރިން ފުލުހުންވެސް އަދި އެހެން ފަރާތަކުންވެސް ހުސައިން ވަހީދާއި ހަށި ވިއްކުމާއި ގުޅުވާފައެއް ނެތެވެ.

އަޅުގަނޑު އަދި ދުވަހަކުވެސް ހަށި ވިއްކާފއެއް ނުވާނެ. ބޭކާރު ވާހަކަ ނުދައްކާ. ލިޔަން ބޭނުން މީހަކު ލިޔާނެ އެއްޗެއް، ލިޔަން ބޭނުން ގޮތަކަށް ލިޔުމާއި ބުނުމުގެ މިނިވަންކަމުގެ ނަމުގަ ލިޔުއްވާ. މިހާތަނަށް އުޅުނީ އިސް އުފުލައިގެން، އިންޝާﷲ ދެން ވެސް އުޅޭނީ އިސް އުފުލައިގެން. ދައުލަތުގެ ފައިސާއެއްގައި ޖެހިފައެއް ނޯންނާނެ. – ހުސައިން ވަހީދު

އިތުރަށް ހުސައިން ވަހީދު ވިދާޅުވީ، ކިޔާނެ އިތުރު ވާހަކައެއް ނެތްނަމަ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އުވާލުމުގެ ވާހަކަ ލިޔުނިއްޔާ ރައްޔިތުން މާ އުފާ ވާނެކަމަށެވެ. އަދި އޭނާ ލައްވާ “ސިޔާސީ ކުޅި” ކުޅުއްވަން ނުހެއްދެވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހުސައިން ވަހީދު މި މޭރުމުން ވާހަކަ ދެއްކެވިއިރު ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އަދީބާ އެކު ހިންގެވި ބައެއް މުއާމަލާތްތަކުން، ފުލުހުންގެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ފޯރާފައި އޮތީ ކޮމިޝަނަރަކަށް ހުސެއިން ވަހީދު ހުންނެވި އިރު ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ އިރު ފުލުހުންގެ މުއައްސަސާގެ އިސް ވެރިއަކު ވެސް ތަކުރާރުކޮށް ފައިސާ ނެންގެވި ކަމަށެވެ.

ތަހުގީގީ އިދާރާތަކުން އާއްމުކޮށްފައިވާ ގޮތުގައި ޚިޔާނާތުގެ މަންފާ ލިބުނު ލިސްޓުގައި 276 މީހަކު ހިމެނެ އެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް މިހާތަނަށް ތަހްގީގީ އިދާރާއަކުން މިފަހުން އާއްމެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: