ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ސިޔާސީ ޕާޓީތަކަކަށް ފައިސާ ލިބޭނެ ގޮތަށް ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް!

ޤާނޫނުތަކަށް އިސްލާހުތަކެއް ހުށަހެޅުމަށް މިހާރު ވަނީ ޑްރާފްޓްކޮށްފަ.... ފޮޓޯ: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަން ކޮމިޝަންގެ ގާނޫނަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަޙުމަދު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ޤާނޫނަށާއި ލާމަރުކަޒީ ޤާނޫނަށާއި އިންތިޙާބާއި ބެހޭ ޤާނޫނުތަކަށް ސަރުކާރުންވެސް އިސްލާހުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ. ހަމަ އެހެން އީސީއިންވެސް މި ޤާނޫނުތަކަށް ހުށަހަޅަން ބޭނުންވާ އިސްލާހުތައް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ތައްޔާރުކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ޤާނޫނުތަކަށް އިސްލާހު ހުށަހެޅުމުގެ މަޝްވަރާތައް ފެށީ ސިޔާސީ ޕާޓީތަކާއެކު. އެ ބައްދަލުވުން ތަކަށް ފަހު އީސީއިން އެ އިސްލާހުތައް ޑްރާފްޓްކޮށް ހުރިހާ ސިޔާސީ ޕާޓީތަކަށް އެ އިސްލާހުތައް ފޮނުވިން. ނަމަވެސް އެ އިސްލާހުތަކަށް ކޮމެންޓް ލިބުނީ ހަމައެކަނި އެމްޑީއޭއިންނާއި އެމްޓީޑީއިން. އެ ލިބުނު ކޮމެންޓްތަކާއި އެކު ޤާނޫނަށް ގެންނަން ބޭނުންވާ ބަދަލުތައް އަޅުގަނޑުމެން މިހާރު ވަނީ ފާހަގަކޮށްފަ”

އަކްރަމް ވަނީ ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ބައެއް އިސްލާހުތައް ސަންގުއާއި ހިއްސާކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީ ތަކުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ބޭނުންވާ މައިގަނޑު އިސްލާހު ތަކުގެ ތެރޭގައި:

* ސިޔާސީ ޕާޓީތަކުން ޤާނޫނުތަކާއި ޤަވައިދުތަކާއި ޚިލާފުވެއްޖެނަމަ އެ މައްސަލަ ތަޙުޤީޤުކުރުމާއި އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އީސީއަށް ލިބޭގޮތް ކަނޑައެޅުން.
* ޕާޓީތަކުގެ އިދާރީ މަޤާމުތަކަށާއި އިންތިހާބީ މަޤާމުތަކަށާއި ކޮމިޓީތަކަށާއި ކައުންސިލަރަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި އިލެކްޝަން ކޮމިޝަނަށް ފޮނުވުމަށް ލާޒިމް ކުރުން.
* ސިޔާސީ ޕާޓީއެއްގެ މެންބަރޝިޕްގެ އަސްލަކަށް ބަލަންވާނީ އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ ލިސްޓަށް ކަމަށް ކަނޑައެޅުން.
* ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމަކާއި ގުޅިގެން އެއްވެސް ފަރާތަކަށް ހުށަހަޅާ ޝަކުވާއެއް ކޮމިޝަނުން ބަލާއިރު އެޕާޓީއެއް އުފެއްދުމުގައި ކުރިން ބަޔާންކުރެވުނު ކަމެއް ހިނގާފައިވާކަން ސާބިތުވެއްޖެނަމަ އާންމު މަސްލަހަތަށް ބަލާ އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލްކުރުމުގެ އިޙުތިޔާރު އީސީއަސް ލިބިގެން ވުން.
* ކޮމިޓީ/ކައުންސިލް މަގާމުތަކުގެ 30 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުން.
* އިންތިޙާބީ މަޤާމުތަކުގެ ތެރެއިން ނައިބު ރައީސުންގެ އަދަދުގެ އަދަދު ދެމީހުންނަށް ވިރެ އިތުރުވާނަމަ އޭގެތެރެއިން އެއް މަޤާމު އަންހެން މެންބަރަކަށް ޚާއްސަކުރުން.

އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނަށް އިލެކްޝަން ކޮމިޝަނުން ހުށަހަޅަން ބޭނުންވަ މައިގަނޑު އިސްލާހުތައް:
* އިންތިޙާބަށް ކުރިމަތިލާ މީހުންނަށް އިލެކްޝަން ކޮމިޝަނުން ޖަވާބު ދޭން އޮންނަ މުއްތަދު 48 ގަޑިއިރުން 72 ގަޑިއިރަށް ބަދަލުކުރުން.
* މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ އޮޑިޓަރ ޖެނެރަލް އޮފީހަށް ކަމަށް ކަނޑައަޅާ، އެ މާލީ ބަޔާންތައް ޗެކު ކުރުމަށްފަހު ޤާނޫނުގައިވާ ގޮތުގެ މަތިން މާލީ ބަޔާންތައް ޗެކުކޮށް، ގޮތެއް ކަނޑައަޅާނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ކަނޑައެޅުން.
* އިންތިޙާބަށް އިއުލާނުކުރުމަށް ފަހު އިންތިޙާބާއި ގުޅުންހުރި އެއްވެސް ޤާނޫނަކަށް ނުވަތަ ޤަވައިދަކަށް ބަދަލެއް ނުގެނެވޭ ގޮތަށް ކަނޑައެޅުން.
* ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވޯޓުލުމުގެ އިންތިޒާމުތައް ކޮމިޝަނުން ހަމަޖައްސައިދޭންވާނެ ކަމަށް ކަނޑައެޅުން.
* ބައޯ- މެޓްރިކްސް ނުވަތަ ފިންގަރ ޕްރިންޓް ހޯދުމުގެ ޤާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބުން.
* 2013 ވަނަ އަހަރުގެ ގައިޑްލައިންގައި ހުރި ނުކުތާތަކާއި އެއްގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށްފަހު އެ ގައިޑްލައިން އުވާލުން.
* ކެންޑިޑަސީ އިލެކްޝަން ކޮމިޝަނުން ޤަބޫލުކޮށް، އެކަން އެމީހަކަށް އަންގާ ފަހުން، ޕާޓީގެ ޓިކެޓު ޕާޓީއިން ކެންސަލް ނުކުރެވޭނެ ކަން.
*ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ބަހާނެ ގޮތަށް އިސްލާހު ގެނައުން.
އަކްރަމް ވިދާޅުވީ މިޙާރު ޕާޓީތަކަށް ފައިސާ ދޫކުރަނީ މެންބަޝިޕަށް ބަލާ 10،000 މަތިން މެންބަރުން ރެޖިސްޓްރީވެފައިވާ ޕާޓީތަކަށް އެކަނި ކަމަށެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އެކި ގިންތިތަކަށް ބަހާލައިގެން ދޭން ނިންމަން ބޭނުންވާ ކަމަށެވެ. އެގޮތުން 55 އިންސައްތަ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އެ ޕާޓީއަކަށް ލިބިފައިވާ ސައްޙައް ވޯޓުގެ ނިސްބަތުން ކަމަށް ހުށަހަޅާނެ ކަމަށެވެ.

15އިންސައްތަ އިދާރީ ފީއެއްގެ ގޮތުގައި ހުރިހާ ޕާޓިތަކަށް ބެހުމަށްފަހު އަނެއް 30 އިންސައްތަ 10،000 މީހުން މީހުން ހަމަވާ ޕާޓީތަކަށް ބަހާލާގޮތަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ޤާނޫނުތަކަށް އިސްލާހު ގެނެސްގެން ޕާޓީތަކަށް ދިމާވެފައިވާ ދަތިއް ހައްލުކޮށް ޕާޓީތަކުގެ ބޭފުުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެކްޓިވް ވާނަމަ އެބޭފުޅުންނަށް ޕާޓީ ހިންގޭނެ ގޮތް އިލެކްޝަން ކޮމިޝަނުން ފހިކޮށްދެވޭތޯ މި މަސައްކަތް ކުރަނީ. ޤާނޫނަށް މި ބަދަލުތައް އައީމާ ހުރިހާ ޕާޓީތަކަކަށްވެސް ލާރިވެސް ލިބިގެންދާނެ ކޮންމެވެސް ނިސްބަތަކުން.” އަކްރަމް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: