ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނދަގޫތަކުން ޤައުމު ސަލާމަތްކޮށްދެނީ ޒުވާނުން- އިމްރާން

ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާން ވާހަކަދައްކަވަނީ.... ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތި އުނދަގޫ ވަގުތުތަކާއި މުސީބާތްތަކުން ޤައުމު ސަލާމަތްކޮށްދެނީ ޒުވާނުންކަން ރާއްޖޭގެ ތާރީހު ހެކި ދީފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ އއ.މަތިވެރީގައި ނިމުނު މިއަހަރުގެ 4 ވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި އއ.އަތޮޅުގެ ޒުވާނުންނާ މުހާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ތާރީޚުން އެމަނިކުފާން ނެންގެވީ މުޙައްމަދު ތަކުރުފާން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދާއި، ނޮވެމްބަރު ތިނެއްގައި ޝަހީދު ހުސެއިން އާދަމް ކުރެއްވި ޖިހާދެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ޒުވާނަކީވެސް ލީޑަރެއް ކަމަށާއި ޤައުމަށް ބަދަލެއް ގެނެސްދެވިދާނެ ކުއްޖެއް ކަމަށެވެ. ޤައުމެއްގެ ރައްޔިތުންނަށް ބަލާއިރު ޒުވާނުންނަށް ދެވިފައިވާ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ. 

އިންސާނީ މުޖުތަމައެއްގެ، އިންސާނުން ދިރިއުޅޭ ވަޠަނެއްގެ، އެނަޞްލެއްގެ މައިބަދައަކީ ޒުވާނުންކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މުޖުތަމައުއެއް ކޮޅަށް ތެދުވާނީ، އެޤައުމެއް ކުރިއަށްދާނީ ޒުވާނުންގެ މައިބަދަ ނުވަތަ ބެކްބޯންގައި ވަރުހުރި ވަރަކުންކަމަށެވެ. މިސަބަބަށްޓަކައި އިންސާނީ މުޖުތަމައެއްގެ ކުރިމަގު ބައްޓަންކޮށް ކުރިމަގު ދައްކުވައިދޭނީ އަބަދުވެސް އެވަގުތެއްގައި އެމުޖުތަމައުއެއްގައި ތިބޭ ޒުވާނުންގެ ހާލަތުކަމަށެވެ. ޒުވާނުން ތިބިގޮތް ފެނުމުން އެމުޖުތަމައުއެއްގެ ކުރިމަގު އިނގޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތު…. ފޮޓޯ: ހޯމް މިނިސްޓްރީ

ފޯރަމްގެ ބައިވެރިންނާ މުހާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ މާދަމާ ޒުވާނުންނާ ހަމައަށް އަންނަންތިބި ތުއްތު ކުދިން ބަލާބޮޑުކޮށް އެކުދިންނަށް މިސާލުދައްކައިގެން ގެންނަންތިބި ޒުވާނުންކަމަށެވެ. ފޯރަމްގައި ހޭދަކުރި ވަގުތުތަކަކީ އެކަމަށް، ޤައުމުގެ މުސްތަޤްބަލަށް ހޭދަކުރި އަގުހުރި ވަގުތުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި މިއަދު އިސްކޮށްތިބި މީހުން ރާވާ ހިންގާ ކަންކަން ތަންފީޒުކުރަންތިބީވެސް ޒުވާނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްރަށްވެހީންނަށް އަޅާލާ އޯގާވެރިވެ، ހީވާގިކަމާއެކު މަސައްކަތްކުރަން ތިބީވެސް ޒުވާނުންކަމަށް ހަނދާކޮށްދެއްވާ މިނިސްޓަރ ވިދާޅުވީ ޤައުމުގެ އުފާވެރިކަމާ ހަމަޖެހުން ބިނާވާނީ ޒުވާނުންގެ ހަރުދަނާކަމުގެ މައްޗަށްކަމަށެވެ. މިޤައުމު މާދަމާ އެހެން މަރުހަލާއަކަށް ގެންދެވޭނީ ޒުވާނުންގެ ކިބައިގައި ހިތްވަރު ހުރެގެންކަމަށްވެސް ވިދާޅުވިއެވެ. އެމަސައްކަތުގައި ޒުވާނުންނަށް އެހީތެރިވުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތު…. ފޮޓޯ: ހޯމް މިނިސްޓްރީ

އއ.މަތިވެރީގައި ބޭއްވި ފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. ތިން ދުވަހަށް ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު އަށް ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް ބޭފުޅުން ސެޝަންތައް ނަންގަވައިދެއްވިއެވެ. ފޯރަމްގައި ބައިވެރިވީ މަތިވެރި، ރަސްދޫ، ތޮއްޑޫ، އުކުޅަސް، ބޮޑުފޮޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: