ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮފީސް ކުރިމަތީ ޓޭޕް ދެމިޔަސް އަޑު ކަނޑުވައެއް ނުލެވޭނެ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އަދި ޕީއެންސީގެ އޮފީސް ދޮރުމަތީގައި ޓޭޕްވެސް ދެމިދާނެ ކަމަށާއި ނަމަވެސް މޯލްޑިވިްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ބަންދު ކުރަން ގޮވާލާ އަޑު ނުކެނޑޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދިﷲ ވިދާޅުވެއްޖެއެވެ.

އެމްޑީއެން އުވާނުލާ ގިނަ ދުވަސްވަމުން ދާތީ ސަރުކާރަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ އޮފީސް ދޮރުމަތީގައި ޓޭޮޕް ދަމައި ދެ ޕާޓީގެ އޮފީސް ބަންދުކޮށް ޕާޓީގެ މުޅީ ލީޑަރޝިޕް ވެސް ހައްޔަރު ކުރެވިދާނެ ކަމަށެވެ. އަދި އެމްޑީއެން އަުވާލަން ގޮވާލާ އެންމެން ވެސް ސަރުކާރަށް ހައްޔާރު ކުރެވިދާނެ ކަމަށާއި، ނަމަވެސް މުސްލިމް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށާއި، ކީރިތި މާތް ނަބީއްޔާއަށް އޮތް ގަދަރާއި ލޯބި ބަންދު ނުކުރެވޭނެ ކަމަށެވެ.

https://twitter.com/Banafsaa/status/1188266464807010305

މީގެއިގުރުން އަބްދުއްރަހީމް ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީޙުގެ މެޖޯރިޓީ ބޭނުން ކޮށްގެން ޝަރުއީ ދާއިރާ ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ގާނޫނު ހެދުމުގެ ބާރުގެ ބޭނުން ކޮށްގެން ސަރުކާރުން ބޭނުންވާ ގޮތަކަށް ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ ބަދަލު ކުރި ނަމަވެސް އިސްލާމްދީނަށާއި މާތް ނަބީއްޔާއަށް ފުރައްސާރަކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

https://twitter.com/Banafsaa/status/1188276346469748737

އެމްޑީއެންގެ މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ޓުވީޓް ކުރެއްވިއިރު ދާދިފަހުން ޕީޕީއެމް އަދި ޕީއެންސްސީ ގުޅިގެން އެމްޑީއެން ބަންދު ކުރަން ގޮވާލާ ޕާޓީ އޮފީސް ކުރިމަތީގައި ވަނީ އެއްވުމެއް ބާއްވާފައެވެ. އަދި އެ އެއްވުމުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: