ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ކޯޗުގެ ހިމާޔަތުގައި ޕާކިސްތާނުގެ އެމްބަސީ!

ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ތުހުމަތު ކުރެވޭ ކޯޗް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ ކޯޗު އާސިފް ޚާންގެ މައްސަލައަށް ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއިން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިމައްސަލައިގައި ހިމެނޭ ކޯޗަކީ ޕާކިސްތާނަށް ނިސްބަތްވާ ކޯޗެކެވެ. ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް (ރ) ވަސީމް އަކްރަމް ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންނަށް ގުޅައި، ކޯޗުގެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ.

ހަމައެހެންމެ ކޯޗުގެ ގާނޫނީ ވަކީލުންނަށް ދައްކަން ޖެހޭ ފައިސާވެސް ދެއްކީ ޕާކިސްތާން އެމްބަސީއިންކަމަށް މައުލޫމާތު ލިބެއެވެ.

ގައުމީ ކްރިކެޓް ކޯޗު ޖިންސީ ގޯނާކުރި ކުޅުންތެރިންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޅުންތެރިންވެސް ހިމެނެއެވެ. މިމައްސަލައަށް ޕާކިސްތާން ސަފީރު ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރެވިފައިވާއިރު، ހައްޔަރުކުރުމަށްފަހު ކޯޓަށް ގެންދަން ޖެހޭ ގަޑިއަށް ކޯޓަށް ނުގެންދިޔުމުން އާސިފް ޚާން ދޫކޮށްލަން ޖެހުނު މައްސަލައަށްވެސް މީހުންގެ ސަމާލުކަން ލިބުނެވެ. ސަބަބަކީ ފުލުހުންގެ އިދާރާއިން އެފަދަ ހައިޕްރޮފައިލް މައްސަލައެއްގައި އެހާ ފަރުވާކުޑަކޮށް އެކަން ކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: