ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާމް ސަމިޓްގައި ރައީސްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ ޝާހިދު

ނާމް ސަމިޓްގައި ރައީސްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދާއި މާދަމާ ކުރިއަށްދާ ސަމިޓްގެ އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސަމިޓްގެ ހަވާސާގައި ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް މިނިސްޓަރ ކުރައްވާނެއެވެ.

ނާމް ސަމިޓްގެ ހަވާސާގައި މިއަދުވެސް މިނިސްޓަރ ޝާހިދު ވަނީ ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށްފަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: