ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއްސާގެ ބާޒާރަކީ ދިވެހި ގައުމު ބިނާކުރުމުގައި އިސް ރޯލެއް އަދާ ކުރެވިދާނެ ވަސީލަތެއް.!

މޯލްޑިވްސް ސްޓްކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

 މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރު ހިންގާ ރެގިއުލޭޓް ކުރުމަށްޓަކައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ލައިސަންސް ދީފައިވާ ޕްރައިވެޓް ސެކްޓަރ ކުންފުންޏެކެވެ. 11 އަހަރު ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ޚިދުމަތް ފޯރުކޮށްދީފައިވާއިރު، 1.85 ބިލިއަން ދިވެހި ރުފިޔާ، (ނުވަތަ 120 މިލިއަން ޑޮލަރު) ލިސްޓު ކުރެވިފައިވާ ކުންފުނިތަކަށް މާކެޓް މެދުވެރިކޮށް މިހާތަނަށް ރެއިޒްކޮށްފައިވެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވި ގޮތުގައި މިވަގުތު އެކްސްޗޭންޖުގައި ލިސްޓް ކުރެވިފައިވަނީ ޖުމްލަ 8 އިކުއިޓީ ލިސްޓިންގްސް އަދި 4 ޑެޓް ލިސްޓިންގްސްއެވެ. މިގޮތުން އާއްމުންނަށް ހުޅުވާލައިގެން ހިއްސާގެ ބާޒާރުގައި ލިސްޓް ކުރެވިފައިވާ ކުންފުނިތަކަކީ، އެސް.ޓީ.އޯ، އެމް.ޓީ.ސީ.ސީ، ބެންކް އޮފް މޯލްޑިވްސް، އެމް.ޓީ.ޑީ.ސީ، ދިރާގު، އަމާނާ ތަކަފުލް، އެޗް.ޑީ.އެފް.ސީ، ސެންޗޫރިއަން، އަދި އުރީދޫއެވެ.  އަދި ވަރަށް އަވަހަށް އެމް.އައި.ބީ ވެސް އެކްސްޗޭންޖުގެ އޮފިޝަލް ބޯޑުގައި ލިސްޓުކުރެވިގެން ދާނެކަމަށް ސީއީއޯ އައުޝަން ވިދާޅުވިއެވެ. 

ސްޓްކް އެކްސްޗޭންޖުގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ

ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން އުއްމީދު ކުރައްވާގޮތުގައި މިއަހަރަކީ ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރަށް ވަރަށް ކާމިޔާބު، އުއްމީދީ އަހަރެއްކަމުގައި ބެލެވިދާނެއެވެ. މިގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކުން އާއްމުކޮށް ހުޅުވާލައިގެން ހިއްސާ ވިއްކާފައިވާއިރު، މިކަމަށް ވަރަށް ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބިފައިވާކަން އައުޝަން ފާހަގަކުރެއްވިއެވެ. ކުންފުނިން ހޯދުމަށް 244،125،000ރ. އަމާޒުކޮށްފައިވާއިރު ޕަބްލިކުން ޖުމްލަ 356 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހިއްސާ ގަންނަން އެދިފައިވާކަން އައުޝަން ފާހަގަ ކުރެއްވިއެވެ. މިއީ ޖުމްލަ %46 އިންސައްތަ ނުވަތަ 112 މިލިއަން ރުފިޔާގެ އިތުރު އަދަދެއްކަން ފާހަގަ ކުރައްވައި އައުޝަން ވިދާޅުވީ މީގެއިން ދައްކައިދެނީ ދިވެހިން މިކަމަށް ޝައުގުވެރިވެފައިވާ މިންވަރުކަމަށެވެ.  އަދި ހާއްސަ ގޮތަކަށް އިސްލާމީ ހަމަތަކަށް ބައްޓަންކުރެވިފައިވާ ޝަރީޢާ ހުއްދަ ކުރާ ފައިނޭންޝަލް އިންސްޓުރުމަންޓްސްއަށް ދިވެހިން ތައްޔާރުވެފައިވާ މިންވަރުކަމަށް އައުޝަން ވިދާޅުވިއެވެ.

މީގެ އިތުރުން ހައުސިންގް ޑިވޕޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ދެ ދަރަނީގެ ވަސީލަތަކަށް ނުވަތަ ދެ ޑެބްޓް އިންސްޓުރުމަންޓްއަކަށް އިންވެސްޓްކުރުމަށް ހުޅުވާލެވިގެން މިވަގުތު މާކެޓްގައި ކުރިއަށް އެބަދެއެވެ. މީގެތެރެއިން އެއް އިންސްޓުރުމެންޓް އަކީ ކޮންވެންޝަނަލް ފިކްސްޑް އިންކަމް ބޮންޑެކެވެ. އަދި މީ އެޗްޑީއެފްސީން 3ވަނަ ފަހަރަށް ބޮންޑް މިމާރކެޓްގަ ވިއްކާ ފަހަރުކަން އައުޝަން ފާހަގަކުރެއްވިއެވެ.

ދެވަނަ ދަރަނީގެ ވަސީލަތަކީ ޝަރީއާގެ ހަމަތަކަށް ސްޓްރަކްޗަރ ކުރެވިފައިވާ މުޟާރަބާ އުސޫލެކެވެ. މިވެސް އެޗްޑީއެފްސީއިން މިބާވަތުގެ އިންސްޓްރުމެންޓެއް މި މާރކެޓަށް ހުޅުވާލާ 03 ވަނަ ފަހަރެވެ. މިދެ ވަސީލަތަށްވެސް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 12 ނޮވެމްބަރ 2019 ގެ ނިޔަލަށްކަަމަށްސީއީއޯ އައުޝަން ވިދާޅުވިއެވެ. 

ސްޓްކް އެކްސްޗޭންޖުގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ

ރާއްޖޭގެ ހިއްސާގެބާޒާރަށް އިންގަލާބީ ބަދަލުތަކެއް އަންނާނެކަމަށް ކުންފުނިން އުންމީދު ކުރަމުންދާއިރު މިހާރު ކުންފުނިން ތައްޔާރުވަނަމުންދަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން އިސްނަންގަވައިގެން ބޭއްވުމަށް ހަމަޖެހިފަވާ ކެޕިޓަލްމާރކެޓް ފޯރަމްއަށެވެ.

މި ފޯރަމް ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. އަދި، މިފޯރަމްގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ގަވަރނަރ، އަދި އެހެނިހެން މުއައްސަސާތަކުގެ ވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އައުޝަން ވިދާޅުވިއެވެ.

މި ފޯރަމްގެ ތީމަކީ “ކެޕިޓަލް މާކެޓް ފޯ ސޯޝަލް ހާމަނީ”އެވެ . މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކެޕިޓަލް މާކެޓް މެދުވެރިކޮށް އިޖްތިމާއީ ހަމަޖެހުން ގެނުވައިދިނުމެވެ.  ދައުލަތުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރ ކުންފުނިތައް ހިމަނައިގެން ކުރިއަށްގެންވާ މިފޯރަމްގައި ކެޕިޓަލް މާކެޓް އިތުރަށް ތަރައްގީކޮށް ފުޅާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވިގެންދާނެކަަމަށް ސީއީއޯ އައުޝަން ވިދާޅުވިއެވެ.

“ހިއްސާގެ ބާޒާރަކީ ދިވެހި ގައުމު ބިނާކުރުމުގައި އިސް ރޯލެއް އަދާ ކުރެވިދާނެ ވަސީލަތެއް. މާލީ މިނިވަންކަން، އަދި ފުދުންތެރި އާއިލާތައް ބިނާ ކުރުމަށް ހުޅުވިފައިވާ ދޮރެއް. އިތުރު ކުންފުނިތައް ލިސްޓް ކުރެވި، އިންވެސްޓް ކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވިގެން އޭގެ މަންފާ އަނބުރާ ދިވެހިންނަށް ލިބުން މުހިއްމު. ކެޕިޓަލް މާކެޓް ފޯރަމްގައި ހިއްސާގެ ބާޒާރު އިތުރު ހަރުފަތަކަށް ގެންދިއުމަށް، އެޅިދާނެ ފިޔަވަޅުތަކަށް އެކްސްޗޭންޖުގެ ފަރާތުން އަލިއަޅުވާލެވިގެންދާނެ”. އައުޝަން ލަތީފް – ސީ.އީ.އޯ ސްޓޮކް އެކްސްޗޭންޖް

އައުޝަން ވިދާޅުވި ގޮތުގައިި މަޝްވަރާ ބައްދަލުވުމުގައި، ހިއްސާގެ ބާޒާރާ ބެހޭ ވީޑިއޯއަކާއި، ލިސްޓް ކުރެވިފައިވާ ކުންފުނިތަކަށް ލިސްޓިންގ ޓޯކަން އެއް އެރުވުމާއި، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގެ ތަސައްވުރާއި މެދު މަޝްވަރާކުރުންފަދަ މުހިއްމުކަންކަން ހިމެނިފައިވާނެއެވެ.

ހިއްސާގެ ބާޒާރު ކުރިއެރުވުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އަމަލީ މަސައްކަތް ބޭނުންވާކަން އައުޝަން ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން އެންމެ އިސް ރޯލެއް އަދާ ކުރެވިދާނެ އެއްފަރާތަކީ ސަރުކާރުކަން ފާހަގަ ކުރެއްވިއެވެ. މި ސަރުކާރުން، މިކަމަށް ވަރަށް އަހައްމިއްޔަތުކަންދީ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އައުޝަން ވަނީ ފާހަގަ ކުރައްވާފައެވެ.  މިގޮތުން  24،000 އަށްވުރެ ގިނަ ހިއްސާދާރުން ހިމެނޭ އެމްޓީޑީސީއަށް، ކުރިމަތިވެރިފައިވާ މާލީ މައްސަލަތައް ހައްލުކޮށްދީ، ފައިދާވަނިވި ކުންފުންޏަކަށް އެކުންފުނި ބަދަލު ކުރުމަށް މަސައްކަތްތަކެއް ރާވަމުންދާކަން އައުޝަން ވިދާޅުވިއެވެ.

ސްޓްކް އެކްސްޗޭންޖުގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ

މީގެ އިތުރުން، ސަރުކާރުގެ ޒީރޯ ޓޮލަރަންސް ފޯ ކޮރަޕްޝަން، ނޫއިގްތިޞާދުގެ މަންފާ ދިވެހީންނަށް، ދައުލަތުގެ ދަރަނީން ދިވެހި ރާއްޖެ ސަލާމަތްކުރުން ފަދަ ބިޔަ އަމާޒުތަކަކީ ހިއްސާގެ ބާޒާރު މެދުވެރިކޮށް ހާސިލް ކުރެވިދާނެ ކަންތައްތަކެއްކަންވެސްއުޝަންފާހަގަކުރެއްވިއެވެ.  ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތައް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކުރުމުން، ކުންފުނިތަކުގެ ގަވަރނަންސް އިތުރުވެ، ޓްރާންސްޕޭރަންސީ އިތުރުވެ، ހިންގުމުގެ އޮނިގަނޑު ރަނގަޅުވުމުން ކޮރަޕްޝަންއަށް މަގުފަހިވާ ދޮރުތައް ބަންދުކުރެވޭ. ދެފުއްފެންނަ ނިޒާމެއް މާކެޓް މެދުވެރިކޯށް ޤާއިމްކުރެވިގެން ދާނެކަަމަށް އައުޝަން ވިދާޅުވިއެވެ. 

ހަމައެހެންމެ ނޫ އިގްތިޞާދުގެ މަންފާ ދިވެހިންނަށް ލިސްޓްކުރެވިފައިވާ ކުންފުނިތަކުން ލިބޭ އާމްދަނީއާއި ނަފާ ދިވެހި ހިއްސާދާރުންނަށް ލިބުމުގެ ފުރަސަތު އިތުރުކުރެވިދާނެ ކަަމަށް އައުޝަން ވިދާޅުވިއެވެ.  ދައުލަތުގެ ދަރަނިން ރާއްޖެ ސަލާމަތްވުމަށްޓަކައި  ބޭރުގެ ފަރާތްތަކުން ބިޔަ މަޝްރޫއުތަކަށް ފައިސާ ދައުލަތަށް ދަރަނީގެ ގޮތުގައި ނެގުމުގެ ބަދަލުގައި ހިއްސާގެ ބާޒާރުގައި ފަންޑުތަކެއް އުފައްދާ ލިސްޓުކުރުމުން މާކެޓް މެދުވެރިކޮށް ޕްރޮޖްކެޓްކަށް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަން އައުޝަން ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންނަށް ޤައުމު ބިނާކުރުމުގަ އަދި ވެލްތް ޑިސްޓްރިބިއުޝަންގަ ބައިވެރިވެވޭނެކަންވެސް ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: