ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހިންދާ އާއި އަޒްރާއަށް 14 ދުވަހުގެ ނޯޓިސްއެއް، ޗިޓު ލިބުނުކަން އެންގި

ފުލުހަށް ހާޒިރުވުމަށް ޝަހިންދާ އާއި އަޒްރާއަށް 14 ދުވަސް --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް ފުރައްސާރަކޮށް، މާތްﷲ ކިރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ ކަންތަކަށް ހަޖޫޖަހާ ރިޕޯޓު ނެރުނު މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް ފޮނުވި ޗިޓު ލިބިފައިވާކަން ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް އަންގާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޕްެރިލިމިނަރީ އެސެސްމެންޓް އޮގް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު ވާހަކަތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްބަސްފުޅުތަކަށް ފާޑުކިޔާ، އާއްމުންގެ މެދުގައި ދީނީގޮތުން ހިޔާލު އުފެދޭ ބާވަތްތަކުގެ ވާހަަކަތައް އެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.

އެމްޑީއެންގެ މައްސަލައިގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ރިޕޯޓުގެ މައްސަލަ ފެންމަތިވީއިރުވެސް ޝަހިންދާ އާއި އަޒްރާ އުޅެމުން އައީ ރާއްޖެއިން ބޭރުގައި ކަމަށެވެ. ރިޔާޒް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ފުލުހުން އިލްމުވެރިން މެދުވެރިކޮށް ފަށާފައިވާ ދިރާސާ ރިޕޯޓް ނިމުމުން އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށެވެ. އެ ދިރާސާ ރިޕޯޓު ކުރިޔަށް އޮތް ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެން ކަމުން، އެ ރިޕޯޓާއި އެކު ވަރަށް ގިނަކަންކަން ސާފުވާނެކަން ވެސް ރިޔާޒް ވަނީ ފާހަގަކުރައްވާފައެެވެ.

ފުލުހުންގެ ތަހުގީގަށް، އަޒްރާ އަދި ޝަހިންދާ ހާޒިރުވުމަށް ދީފައިވަނީ 14 ދުވަހުގެ މުއްދަތެކެވެ. ރިޔާޒް ވިދާޅުވީ ދެ މީހުންވެސް ޗިޓު ލިބިފައިވާކަން އަންގާފައިވާ ކަމަށެވެ.  އެ ދެ މީހުން ވެސް މިވަގުތު ރާއްޖެ އިން ބޭރުގައި ތިބި ނަމަވެސް ޗިޓު ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގު މިހާތަނަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން، މައުލޫމާތު ހިއްސާކުރައްވާ ރިޔާޒް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ނެރުމަށް އެމީހުން 2014 ވަނަ އަހަރުވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ފުލުހުން މިވަގުތު ހޯދަމުންދަނީ ރިޕޯޓުގެ މަސައްކަތް ފަށާ ނިމި އެ ރިޕޯޓު ވެބްސައިޓުގައި ޝާއިރު ކުރި ދުވަހެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ރިޕޯޓުގެ މުސައްނިފުން ނުވަތަ ލިޔުންތެރިންގެ ގޮތުގައި ފާހަގަވެފައިވަނީ ޝަހިންދާ އާއި އަޒްރާ ކަމަށާއި އެހެން ކަމުން ތަހުގީގަށް އެނގެން ބޭނުންވާ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ރިޔާޒް ފާހަގަކުރެއްވި ގޮތުން އެންމެ ބޮޑަށް ދަތިވަނީ އެމްޑީއެންގެ ރިޕޯޓާއި ގުޅިފައިވާ މީހުން ރާއްޖެއިން ބޭރުގައި ތިބުމެވެ. އެހެންވިޔަސް ފުލުހުން އަންނަނީ އެ ތަހުގީގުގައި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލަމުން އަންނަކަމަށް އޭނާ ފާހަަގަ ކުރިއެވެ.

އެމްޑީއެންގެ މައްސަލަ ފެންމަތިވުމުން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

ގާތްގަނޑަކަށް 125 ސޮފުހާގެ އެމްޑީއެންގެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް “އިސްރާ އާއި މިއުރާޒު” ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: