ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން މައްސަލައިގެ ތަހުގީގު ޕީޕީއެމްއާއި ހަވާލުކުރޭ، ފުޑާލާނަން: ރައީސް ޔާމީން

ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ކުރިން ޕާޓީ އޮފީސް ދޮރުމަތީ ބޭއްވު ި އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ  މައްސަލަ ތަހުގީގުކުރަން ޕީޕީއެމްއާއި ހަވާލުކުރުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްުޔޫމު ގޮވާލައްވައިފިއެވެ.

އެމްޑީއެން ބޭން ކުރުމަށް ގޮވާލާ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި ރެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީއެން އުވާލަންވީ ނޫންކަމަށާއި، އެމްޑީއެން ޖެހޭނީ ފުޑާލަން ކަމަށެވެ. އެމްޑީއެންގެ މައްސަލަ ހޫނުވެ، ގިނަ ރައްޔިތުން ތަކެއް އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި ޕްރޮގްރެސިވް ކޯލިޝަނުން ދަނީ އެކަމަށް އަޑުއުފުލާ ރެލީތައް ބާއްވަމުންނެވެ.

އެމްޑީއެންގެ މައްސަލަ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީގެ ނަމުގައި ދީން ހަތިޔާރަކަށް ނުހެދޭނެ ކަމަށާއި، މި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށެވެ.

“އެމީހުންގެ ވާހަކަތައް ހިނގާނެ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ރާއްޖެ ދޫކޮށްލާ. އެހެންވީމަ ހުޅަނގުގެ ޤައުމުތަކަށް އެމީހުން ދޭ. މި މީހުންނަކީ ނެތިދާން ޖެހޭ ބައެއް. އެމްޑީއެން ނައްތާލަން ވީކީ އެއް ނޫން. އެމްޑީއެން ފުނޑާލަންވީ. މިއީ ޖާގަ ލިބެންޖެހޭ ބައެއް ނޫން. އެއް އިރެއްގައި ކުށުގައި ބައިވެރިވެފަ، ތިމަންނަ މިހާރު މިހިރީ ކުށުން ބަރީޢަވެފައޭ ބުންޏަސް، އެ ކުށަކުން އޭނާ ބަރީޢަ ނުވޭ.” ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެލައްވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ތެރޭގައި އެމްޑީއެން އޮތުމަކީ ސުވާލު އުފެދެން ޖެހޭކަމެއް ނޫންކަމަށެވެ. އެގޮތުން ރައީސް މައުމޫނު މެންފަދަ ބޭފުޅުން ވަނީ މީގެ ކުރިން އެމްޑީޕީން ފަންޑު ހޯދާގޮތް ވިދާޅުވެދެއްވާފައިކަމަށާއި، އެމްޑީއެން އުފެދުނީ އެމްޑީޕީއަށް އަބަދުވެސް ހަރަދުކުރާ ސަލްސްބަރީ ޗާޗުން ކުރި މަސައްކަތުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މުޅި ދައުލަތުގެ ތެރޭޣާޢީ އޮތީ އެމްޑީއެން ކަމަށެވެ. އެހެންކަމުން އެެ މީހުން އެތަންތަނުގައި ތިބެގެން އެމްޑީއެން މައްސަލަ ތަހުގީގުނުކުރެވޭނޭކަމަށްވެސް ވިދާޅުވިއެވެ. އަދި އެމްޑީއެންގެެ މައްސަލަަ ތަހުގީގުުކުރުމަށް ޕީޕީއެމްއާއި ހަވާލުކޮށްފިނަމަ ލާދީނީ ފިކުރު ބުރިޖުން ބޭރަށް ލާދީނީ ފިކުރު ފޮހެލާނޭކަމަށްވެސް ވިދާޅުވިއެވެ.

“މިކަން ކާމިޔާބު ކުރާނަން. ތި ބްރިޖުން ބޭރަށް ލާދީނީ ފިކުރު ދުއްވާލާނަން. މިތާކު އެހެން ބަޔަކަށް ޖާގައެއް ނެތް. މިއީ އިސްލާމީ ދައުލަތެއް، އިސްލާމީ ފަސްގަނޑެއް. މިތަނުގައި އޮންނާނީ އިސްލާމްދީން. މިނޫން ފިކުރަކަށް ރާއްޖޭގައި ޖާގަ ދެވިގެން ނުވާނެ” ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: