ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިއާންގެ މަރުގެ މައްސަލަ: ދެ މީހުން ޖަލަށް ދެ މީހުން ޖޫރިމަނާ، އެކަކު މިނިވަން ވެއްޖެ

ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ބަންހަލަދޭޝްގެ އަންހެން ކުއްޖާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ހަ މީހުންގެ ތެރެއިން ދެ މީހަކު ޖަލަށް ލުމަށް ހުކުމް ކޮށް ދެ މީހަކު ޖޫރިމަނާ ކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުނީ ޖިއާން އޭނާގެ މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދަނިކޮށެވެ. ޖިއާން މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ. ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ރައްޔިތުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހާން އަދި ގުލަމް މުހައްމަދުގެ އިތުރުން ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގްގެ މައްޗަށެވެ.

މިމައްސަލައިގައި ބުރާސްފަތިދުވަހު ކްރިމިނަލްކޯޓުން ކުރިއިރު ކުންފުނީގެ އެމްޑީ އާދަމް ޝަފީގު ފިޔަވައި އެހެން މީހުން ކުށްވެރިވާ ކަމަށެވެ. އެގޮތުން ދެ ބިދޭސީއެއްގެ މައްޗަށް ޖަލު ހުކުމް އިއްވިއިރު އެހެން މީހުންގެ މައްޗަށް އިއްވީ ޖޫރިމަނާގެ ހުކުމެވެ. ޖަލު ހުކުމް އައީ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަންގެ މައްޗަށެވެ. ރައްޖާވް އަލީގެ މައްޗަށް އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. މުތުމަނިގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދެ މީހުންގެ ވަކީލް ހުސެއިން ޝަމީމް ވަނީ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަމަށް ދައުލަތުން އިއުތިރާޒު ކުރި އެވެ.

މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ރައްޖާވްގެ މައްޗަށް ކުރިއިރު މުތުމަނިގެ މައްޗަށް ކުރި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. ކެޝަރިލަލް އާއި ގުލަމްގެ މައްޗަށް ކުރީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު ނުރައްކަލުގައިވާ މީހާ އަށް ނުދިނުމުގެ ދައުވާ އެވެ. މޫސާ ހަސަން އާއި އާދަމް ޝަފީގަށް ކުރީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.

މުތުމަނި ވަނީ އޭނާގެ ކައިވެނި މިދިޔަ މެއި މަހަށް ތާވަލުކުރެވި އަދި މިހާރު ޖެނުއަރީ މަހަށް ފަސް ކުރެވިފައިވާކަން ޝަރީއަތުގައި ފާހަގަކޮށްފަ އެވެ. އޭނާއަށް އެހާ ތަނަށް ގައުމަށް ނުދެވިއްޖެނަމަ ދިރިއުޅުމަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ޓަމިލް ބަހުން އޭނާ ޝަރީއަތުގައި ބުންޏެވެ. އެހެންވެ އޭނާގެ ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް ދިނުމަށް ނުވަތަ އެއް ބައި ޖޫރިމަނާއަށް ބަދަލުކޮށް އަނެއް ބައި ޖަލު ހުކުމަކަށް ބަދަލުކޮށް ދިނުމަށް ވެސް ވަކީލް ޝަމީމް ތަކުރާރުކޮށް އެދިލެއްވި އެވެ. އޭނާގެ އަދަބުގެ ދަރަޖަ ލުއިކޮށްދެވެން އޮތިއްޔާ އެކަން ކޮށް ދިނުމަށް ވެސް އެދުނެވެ.

ނަމަވެސް ދައުލަތުން ޖޫރިމަނާއަށް އިއުތިރާޒު ކުރާނަމަ، ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށް ނުދޭ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ އެ މައްސަލާގައި ބޮޑު ޖޫރިމަނާއެއް އަންނައިރު އެ ދެއްކޭނެކަމާމެދު ވެސް ސުވާލު އެބަ އޮތް ކަމަށެވެ. އެހެންވެ މުތުމަނިއަށް ޖަލު ހުކުމް އިއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: