ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ސަޢޫދީޢަރަބިއްޔާއަށް އައު ސަފީރެއް

ސަޢޫދީޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު މުހައްމަދު ޚަލީލު، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢޫދަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވަނީ - (ފޮޓޯ: ފޮރިން މިނ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ސަޢޫދީޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު މުހައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢޫދަށް މިއަދު އަރުވައިފިއެވެ. ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު ރިޔާދުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސަޢޫދީ ރަސްގެފާނު ވަނީ އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ވެދުން އަރިސްކުރައްވާފައެވެ. އެމްބެސެޑަރ ޚަލީލު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން ރަސްގެފާނު ސަލްމާނަށް ވެދުން ދަންނަވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒު އަލްއައްސާފް އާއި މިނިސްޓަރ އޮފް ސްޓޭޓް އަދި ކެބިނެޓް މެމްބަރު ޑރ. މުސައިދު ބިން މުހައްމަދު އަލްއައިބާން ބައިވެރިވެވަޑައިގަތެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮއޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅުއްވާ ސަފީރުކަމަށް އެމްބެސެޑަރ ޚަލީލް ހަމަޖެއްސުމަށް މަޖިލީހަށް ނަން ވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: