ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރާ މައްސަލައިގެ ތެރެއަށް އޭސީސީ ވަދެއްޖެ!

ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރާ މައްސަލައިގެ ތެރެއަށް އޭސީސީ - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިޑަށް ނުލައި ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލު ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ އަދި އެއީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ރޫހާ ހިލާފަށްކުރާ ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ބިޑް ކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލު ކުރުމާއި ގުޅޭގޮތުން މީޑިއާތަކުގައި ވާހަކަތައް ދެކެވެމުން ދަނިކޮށް، އޭސީސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބިޑަކާއި ނުލާ މަޝްރޫއުތއް އެކި ފަރާތްތަކާއި ހަވާލު ކުރުމުން، ކޮރަޕްޝަނަށް މަގުފަހިވެ ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހުތިމާލު އޭގައި އޮންނާނެ ކަމަށެވެ. އޭސީސީން ބުނެފައިވަނީ މިއީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ރޫހާ ހިލާފަށްކުރާ، ކޮރަޕްޝަންގެ ހިރާސް [ގެއްްލުން] އޮތް ކަމަކަށްވާތީ، އެކަމުގެ ކަންބޮޑުވުން ކޮމިޝަންގެ އިންތިހާއަށް އެބައޮތް ކަމަށެވެ.

ޭއޭސީސީން ބުނެފައިވަނީ ދައުލަތުގެ ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށްފެންނަ، ހާމަކަން ބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލުތަކާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

ވިޔަފާރި ބަނދަރެއް ހެދުމަށްޓަކައި ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަޝްރޫއު ބިޑްކުރުމަކާ ނުލައި ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރި މައްސަލަ ވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެނެވެ. ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ސަރުކާރުން ހަވާލުކުރީ މި މަހުގެ 17 ގަ އެވެ. ހަ މިލިއަން ކިޔުބިކް މީޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ. މީގެ ތެރޭގައި ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުން ވެސް ހިމެނެ އެވެ.

ބިޑަކާ ނުލާ ސަރުކާރަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އުސޫލުގެ ދަށުން މިހާތަނަށް 137 މަޝްރޫއުއަކަށް ވަނީ ޕްރޮޕޯސަލް ލިބިފައެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަނޑައަޅާފައިވާ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ދެފުށްފެންނަ އުސޫލަކަށް އަމަލުކުރަން ބައެއް މަޖިލީސް މެމްބަރުން ވެސް ވަނީ ގޮވާލާފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ބިޑަށް ހުޅުވާ ނުލި ނަމަވެސް އެ މަޝްރޫއު ހަވާލުކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ. އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން އެގޮތަށް ކަނޑައެޅީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބޮސްކާލިސްގެ ގާބިލްކަމަށް ބަލައި މަޝްރޫއު ހަވާލުކުރި އިރު ފަހަކަށް އައިސް ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ހިންގަނީ އެމްޓީސީސީންނެވެ. ކުންފުނީގެ މަސައްކަތައް ކުރިޔަށް ގެންދިއުމަށާއި ބޮޑެތި މަޝްރޫއުތަކަށް ކުރިޔަށް ގެންދިއުމަށް މިދިޔަ ސަރުކާރުން ވަނީ މަހާޖައްރާފެއް ގެނެސްފައެވެ. އެކަމާއި ގުޅިގެން އެމްޓީސީސީން ބުނެފައިވަނީ ކުންފުނިން މިހާރުވެސް 30 މަޝްރޫއުއެއް ކުރިޔަށް ގެންދާކަމަށެވެ. އެހެން ކަމުން، އެ ކުންފުންޏަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ބިން ހިއްކާ ނުނިމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ.

މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: