ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ފުޅާކުރުމަށް ޖަޕާނުގެ ޔަމަކީ ކޯ އާއެކު މަޝްވަރާކޮށްފި

ވިޔަފާރި ފުޅާކުރުމަށް ޖަޕާނުގެ ޔަމަކީ ކޯ އާއެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުން... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރު ކުރުމާ ބެހޭ ގޮތުން ޖަޕާނުގެ ޔަމަކީ ކޯ ލިމިޓެޑްއާއި އެކު މަޝްވަރާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް ،ޔޮޝިހިރޯއާ ބައްދަލުކުރައްވައި މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން މިއަދު ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ޔަމަކީގެ ރައީސްގެ އިތުރުން އެކުންފުނީގެ ސީނިއަރ މެނޭޖުމަންޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވިޔަފާރި ފުޅާކުރުމަށް ޖަޕާނުގެ ޔަމަކީ ކޯ އާއެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުން…ފޮޓޯ: ރައީސް އޮފީސް

 އައްޑޫގައި ހުންނަ “ޔުއަރ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް” އަކީ ޔަމާކީ ކޯ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އައްޑޫގައި ހުންނަ މި ފެކްޓްރީން “ކަޓުސުއޮބުޝި” އުފެއްދުމަށް ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ޔަމާކީ ކޯ ލިމިޓެޑްގެ އޮފިޝަލުން ވަނީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަމަކީން އައްޑޫގައި ޤާއިމުކޮށްފައިވާ ފެކްޓްރީގައި ” ކަޓުސުއޮބުޝި” އުފެއްދުމާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ދިގުމުއްދަތަކަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަކުރައްވާ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: