ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ގެނައި ފިޔާ ޝިޕްމެންޓެއް ކަނޑު އަޑިއަށް!

އެސްޓީއޯގެ ފިޔާ ޝިޕްމަންޓްތަކަކާއި އެކު ރާއްޖެ ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިޔާ ޝިޕްމަންޓްތަކަކާއި އެކު ރާއްޖެ ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސްފިއެވެ.

1،500 ބަސްތާ ފިޔާ ހިފައިގެން ރާއްޖެެއަށް ދަތުރު ކުރަމުން އައި ބޯޓު އަޑިއަށް ގޮސްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެ ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެސްޓީއޯއިން ބުނެފައިވަނީ ފިޔާތަކާއި އެކު އަޑިއަށް ދިޔަ ބޯޓަކީ އެސްޓީއޯގެ ބޯޓެއް ނޫން ކަމަށެވެ. ބޯޓު އަޑިއަށް ދާން މެދުވެރިވީ ސަބަބެއް އެސްޓީއޯއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ބުނެފައިވަނީ ބޯޓުގައި ހުރި އެސްޓީއޯގެ ތަކެތި ހުރީ އުންޝުއާކޮށްފައި ކަމަށެވެ.

އިންޑިއާގައި ފިޔާގެ ސަޕްލައި މަދުވެ، ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން މީގެ ދެ ދުވަސްކުރިން 800 ރ. ފިޔާ ބަސްތާއެއް ވިއްކުމަށްފަހު 1000 ރ. އަށް ވެސް އަގު އަރައިގެން ދިޔައެވެ. ފިޔާ ލިބުން ދަތިވި ސަބަބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީއިން ފާހަގަކޮށްފައިވަނީ އިންޑިއާގައި ފިޔާ ހައްދާ މައި ސްޓޭޓު މަހަރާޝްތާއަށް މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މޫސުން ގޯސްވެގެން ދިއުމެވެ. އޭގެ ކުރިން އައި ހޫނު މޫސުމުގައި ބައެއް ދަނޑުތައް ހޫނުގަދަ ވުމުގެ ސަބަބުން ހަލާކުވެގެން ދިޔައެވެ. އޭގެ ސަބަބުން ދަނޑުވެރިންނަށް ޑިމާންޑާ އެއްވަރަށް ފިޔާ ނުހެއްދި އެގައުމުގައި ވެސް ފިޔާގެ އަގު ތިން ގުނައަށް އުފުލުނީ އެވެ.

ރާއްޖެއަށް ފިޔާ އާއި އެކު ދަތުރުކުރި ބޯޓަކީ ބާޒާރުގައި މިހާރު އަގުބޮޑުވެފައިވާ ފިޔާގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެނައުމަސް ނިންމި ޝިފްޓްމެންޓެކެވެ. އެސްޓީއޯއިން ކޮންޓްރޯލް އަގެއްގައި، ފިޔާ ކިލޯއެއް ވިއްކަމުން އަންނަނީ ދަށް އަގެއްގައެވެ.

ފޮރިން މިިނިސްޓްރީއިން ބުނީ، އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ވިޔަފާރިތަކަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި އަދި މިވަގުތު އެއްވެސް ދަތިކަމެއް ނެތި އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: