ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ފާޑުކިޔުން ޕީޖީ ބިޝާމްއަށް، އެއީ މިހާރު “ބޮލިރަވައެއް”

އިދިކޮޅުގެ ފާޑުކިޔުން ޕީޖީ ބިޝާމްއަށް - ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސްގެން އުޅެނީ ބިޝާމް މިހާރު “ބޮލިރަވައަކަށް” ވެފައިވަތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޖީ ބިސާމްގެ މައްސަލަ މަޖިލީސްތެރެއިން ނުހިގަނީ ކީއްވެެގެންކަން އޮޅިވަޑައިނުގަންނަވާ ކަމަށެވެ. ޝުޖާއު ސިފަ ކުރެއްވި ގޮތުން ބިޝާމް ވަކި ނުކުރަން ބޭނުންވާ ސަބަބަކީ ބޭނުންވާހާ ސިޔާސީ ބަޔަކަށް ދައުވާ ކުރުމަށެވެ. މި ސަރުކާރު ޖަހާހާ ބެރަކަށް “ބިޝާމް” ނަށަމުން ގެންދަވާކަމަށް ވިދާޅުވެ ޝުޖާއު ވަނީ އެއީ “ތާހަކަށް ލައިގެން ދައުވާތައް ހަނާ ކުރުން” ކަމަށް ވިދާޅުވެފައެވެ.

ބިޝާމް ވަކި ކުރަން ބޭނުންވާ އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީސް ތެރޭގައި ތިބި ނަމަވެސް، އެ މެމްބަރުންގެ އަނގަ މަތީވެސް ޓޭޕް އަޅާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ދާދިފަހުން ބިޝާމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅަން ޖުޑީޝިއަރީ ކޮމިޓީއިން ނިންމުމަށްފަހު އޭގެ 24 ގަޑިއިރުވެސް ނުވަނީސް ބިޝާމް ވަކި ކުރަން ހުށަހެޅި ހުށަހެޅުން ބާތިލު ކުރުމަކީ އޭގެ ހެއްކެއްކަން ޝުޖާއު ފާހަގަކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ މިއީ 65 މެމްބަރުންގެ މެޖޯރިޓީއެއް އޮތް ޕާޓީއެއްގެ ހާލަތުކަމަށާއި އެއްބަޔަކު ބޭނުންވާ ކަމެއް އަނެއް ބަޔަކު ބާތިލުކޮށްލަނީ ކުޑައިރުކޮޅެއް ތެރޭ ކަމަށެވެ.

ބިޝާމް ވަކި ކުރުމުގެ މައްސަލަ މިހާރު ޖޯކަކަށް ވެފައިވާ ކަމަށާއި މައްސަަލަ ކުރިޔަށްދާގޮތުން ކޮންމެވެސް އެއްކޮޅަކުން ޕްރެޝަރު އަންނަކަން ޔަގީންވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވަނީ ބިޝާމް ވަކި ކުރުމަށް ނުވަތަ ގޯސްވެގެން ބައެއް ފަހަރު ވާހަކަ ދައްކަނީ “ބޭނުންވާހާ ގޮތަކަށް” ދައުވާތައް ކުރިޔަށް ނުގެންދާތީ ކަމަށެވެ. ޝުޖާއުގެ ވާހަކައިގައި ޖުޑީޝިއަރީ ކޮމީޓީގެ މެމްބަރުންނަށް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވީ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުން ފަނޑިޔާރުންނަށް ބިރު ދައްކަމުންދަނީ ޖުޑީޝިއަރީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ޖުޑީޝިއަރީ ފުނޑާލާ ބާރުތައް މުށުގެ ތެރެއަށް ލުމަށެވެ. ފަނޑިޔާރުން ލައްވާ ވަކި ކޮޅަކަށް މައްސަލަތައް ނިންމުމަށް ޕްރެޝާ ކުރަމުންދާއިރު، އެއީ އިސްލާހަށް ކުރެވޭ މަސައްކަތެއް ނޫންކަން އިދިކޮޅު ކޯލިޝަންއިން ވަނީ ފާހަގަކުރައްވާފައެވެ. ކޯޓުތައް އިސްލާހު ކުރުމަކީ އިދިކޮޅުންވެސް ތާއީދު ކުރާ ކަމެއްކަން ފާހަގަކުރައްވާ ޝުޖާއު ވަނީ، ޖޭއެސްސީގައި މިވަގުތު ތިބި މެމްބަރުންނާއި އެކު އެކަން ޙާސިލް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ އަތް ގަދަ ކުރުމަށް މަސައްކަތް ނުކުރާ އެންމެ މައްސަލައެއް ވެސް ނެތް ކަމަށެވެ. އެއީ ސިވިލް ކޯޓަކަސް، އަދި ކްރިމިނަލް ކޯޓަކަސް ހުކުމް ކުރަންވީ ގޮތެއް ސަރުކާރުގެ އިސް ބޭފުޅުންތަކަށް ނޭނގޭނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ މަގާމު ގެއްލުވާނެ ކަމުގެ ބިރާއި، ނުވަތަ އެހެން ކޯޓަކަށް ބަދަލުކުރަނީ ސުލޫކީ މައްސަލައެއް ކަމަށް ބުނުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެއީ ކަމުން ބިރު ދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވަނީ އިސްލާހު ކުރުމުގެ ނަމުގައި އާއި ސަރުކާރުގެ ތެރޭގައި ގޯހުން ހިނގާކަންތަކަށް، މަގުމައްޗަށް ވެސް ނިކުންނަން ޖެހިދާނެ ކަމަށެވެ. އަދި މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޖީ ބިޝާމް ވަނީ، އޭރު މުޒާހަރާތަކުގަ އާއި އެހެން ވެސް ތުހުމަތުގައި ތަކުގައި ހައްޔަރު ކުރި އޭރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވަމުން ދިޔަ އާންމު ރައްޔިތުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތައް އުފުއްލަވައިފަ އެވެ. އަދި އެގޮތަށް ހައްޔަރު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ވޭތޯ ޕީޖީ ބައްލަވަމުން ގެންދަވާފަ ވެސް ނުވާ ކަމަށް މަޖިލީހުގެ މެންބަރުން ވަނީ މީގެ ކުރިން ތުހުމަތު ކުރައްވައި ޕީޖީ އޭނާގެ ގާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ޕީޖީ ވަކިކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން ތާއީދު ނުލިބޭކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އެމްޑީޕީއަށް އަމާޒުވެފައިވެ އެވެ. ބައެއް ފަރާރްތަކުން ތުހުމަތު ކުރާގޮތުން ބިޝާމް އެ މަގާމުން ވަކި ކުރުމަށް އެމްޑީޕީން ބޭނުމެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: