ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް އައްޔަން ކުރާނީ ދިޔާނާތޯ ނުވަތަ މަހާޒްތޯ ޖުޑިޝަރީ ކޮމެޓީއަށް ވެސް ކަނޑައެއް ނޭޅުނު

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އަލީ ޒާހިރު އާއި ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އަނބުރާ އެ ކޮމިޓީ އަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ރިޕޯޓު އަނބުރާ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވީ އެ ދެނަން ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ފޮނުއްވި ރިޕޯޓްގައި ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ. އެހެންކަމުން ކޮމިޓީއަށް ފެންނަ ގޮތެއް ރިޕޯޓުގައި ފާހަގަކޮށްދިނުމަށް ނަޝީދު ވަނީ ކޮމިޓީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ދިޔާނާ އާއި މަހާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވެސް “ހައިލީ ރިކަމެންޑު” ކޮށްފައިވާ ދެ ނަމެވެ. މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފައެވެ. އެއީ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ. މި ތިން ބޭފުޅުންނަކީވެސް ހައިކޯޓުގެ ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދާދިފަހުން ވެސް ވަނީ ދެ ފަނޑިޔާރަކު ބެންޗަށް އައްޔަން ކުރައްވާފައެވެ. އެއީ ޑރ.އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދެވެ.

މިހާރު ސޕްރީމް ކޯޓުގެ ފަނޑޮޔާރު ކަމަށް ބޭފުޅަކު މި އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިިލީޙިން ކަނޑައަޅައި އޭނާ މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. 

ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށްޓަކައި ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ރައީސް ސާލިޙް ފޮނުއްވީ ޑްރަގް ކޯޓުގެ ފަނޑިޔާރުގެ މަހާޒްގެ ނަންފުޅެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: