ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ އަޒްރާ އާއި ފުލުހުންނަށް އެންމެ ފަހުން ގުޅިއްޖެ!

ހޯދަން އިއުލާން ކުރި އަޒްރާ ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން އިއްޔެ ހޯދަން އިއުލާން ކުރި އަޒްރާ ނަސީމް ދިރިއުޅޭތަނުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަޒްރާ އާއި ގުޅޭނެ އެއްވެސް ގޮތެއް ނެތިގެން އައްމުކުރި ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވުމާއި އަދި އިޢުލާނުކޮށްދިނުމަށް އެދިފައިވާތީ، ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޟިރުވުމަށް އަންގައި އިޢުލާނުކުރާކަމަށެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ސުވާލު ކުރުމަށް ހ. ސެލްވޭޝަން، އަޒްރާ، 47، ހާޒިރުކުރުމަށް ހޯދަން އިއުލާން ކުރީ، އެއްވެސް ގޮތަކުން އޭނާއާ ގުޅޭގޮތް ނުވެގެން ފުލުހުން ބުނެއެވެ. އަޒްރާ އާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އޭނާ އާއި މިހާރު ގުޅިފައިވާ ކަމަށާއި ވެބްސައިޓުގައި އިން އަޒްރާގެ ހަބަރާއި ފޮޓޯވެސް ނަގާފައިވާ ކަމަށެވެ. ހޯދަން އިއުލާން ކުރާ މީހާއާ ގުޅުމުން އިއުލާން ނެގުމަކީ ފުލުހުން އާއްމުކޮށް އަމަލު ކުރާ އުސޫލެކެވެ.

އަޒްެރާއާއި ގުޅިފައިވާކަން ހާމަކުރިނަމަވެސް، އޭނާ ދިރިއުޅެމުން އަންނަނީ ކޮން ގައުމެއްގައި ކަމެއް، އަދި ތަހުގީގަށް އޭނާ ހާޒިރުވާނެ ކަމުގެވެސް އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

އަޒްރާ ފުލުހަށް ޙާޟިރުކުރެވޭ ހައިސިއްޔަތު: މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި ފާޠިމަތު ޢަޛްރާ ނަސީމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށް.

ޙާޟިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: 2019 ނޮވެމްބަރު 05 ވަނަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް.

އެމްޑީއެން މައްސަލާގަިއ އަންހެނަކު ހޯދުމަށް ފުލުހުން އިއުލާނު ކުރުމާއި ގުޅުމުން އެމްޑީއެންގެ ފައުންޑަރ ޝަހިންދާ އިސްމާއިލްވަނީ ނުރުހުންފާޅުކޮށް ޓުވީޓުކޮށްފައެވެ. އެގޮތުން ފުލުހުން ހޯދަމުންދާ އަޒްރާ ދިރިއުލޭތަނާއި އޭނާގެ ނަންބަރު ރަސްމީކޮށް ފުލުހުންނަށް މީގެ 1 އަހަރު ކުރިން އަންގާފައިވަނިކޮށް އޭނާ ހޯދަމުންދާ ކަމަށް ބުނެ ފޮޓޯ އާންމުކުރުމަކީ އިންސާނީ ޙައްގުތަކާއި ޚިލާފަ ކަމެއް ކަމަށެވެ. އަދި މިއީ ފުރައްސާރަ ކުރުން ކަމަށާއި އެ މައްސަލަ ތަޙުޤީޤުކުރުމަށް އެޗްއާރުސީއެމްއަށް ޝަހިންދާ ގޮވާލެއްވިއެވެ.

މިކަން ސާފުކުރުމަށް ސަންގުން ފުލުހުންނަށް ގުޅާލުމުން އެ އިދާރާގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު ވަނީ ޝަހިންދާގެ އެ ޓުވީޓު ދޮގުކުރައްވާފައެވެ. އަހަރެއް ކުރިން ފުލުހުންނަށް އޭނާގެ މައުލޫމާތު ހިއްސާކުރުމަކީ އޭނާގެ ހޯދުމަށް ފޮޓޯ ނުޖަހަންވީ އުޒުރެއްނޫން ކަމަށާއި އަޒްރާ ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭނާގެ އާއިލާއާއި ރައްޓެހިން ކައިރިން އަހައިގެންވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ފުލުހުން ކުރި މަސައްކަތުން އަޒްރާއާ ބެހޭ މައުލޫމަތެއް ނުލިބުމުން ކަމަށް އިޒްމިޔާ ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: