ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނުގެ ނަމުގައި ކަމަށް ބުނެ ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ދޫކޮށެއް ނުލެވޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު : ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ ނަމުގައި ކަމަށް ބުނެ މުޅި ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ދާން ދޫކޮށް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށް ބުނެ ގައުމު ބޮޑު ހަމަނުޖެހުމެއްގެ ތެތެއަސް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އެމަނިކުފާން ވިދާޅުވީ މީޙުން މަރާށާ، އަނިޔާވެރިކަމަށް ގޮވާލާ އެންމެންނާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހައި ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު މިފަދަ ގޮތަކަށް ޓުވީޓް ކުރެއްވިއިރު އެމްޑީއެންގެ ރިޕޯޓާއި ގުޅީގެން ފުލުހުން ކުރަމުންދާ ތަހުގީގާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލައަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ ރައްޔިތުންގެ އިހުސާސްތަކާއި ގުޅުން ހުރި މައްސަލައަކަށް ވުމުން ބައެއް ފަރާތްތަކުން މި މައްސަލައިގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަފަސާދަ އަދި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންތައް ކުރަމުންދާކަން އ ފާހަގަކުރެވިފައިވާ ކަމަށެވެ.

ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިގެން އުފެދޭވާހަކަ ފެތުރުމާއި ބައެއް ކަންކަމުގައި ދީނީ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަމަށް ދައްކައި ފިތުނައިގެ އަމަލުތަކަށް ހިއްވައު ލިބޭގޮތަށް އަމަލު ކުރަމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: