ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށިދިއްގާގެ މައްސަލަ : ތަރައްގީކުރާ ހުރިހާ ރިސޯޓެއް އިންސްޕެކްޓް ކުރަނީ

ފުށިދިއްގާގައި ގަވައިދާ ހިލާފަށް ހިދުމަތް ދިން މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ ބޮޑެތި މައްސަލަތެއް ހިމެނޭ ގޮތަށް ދެ ސަރުކާރެއްގައި ތިން ބަޔަކަށް ވިއްކާލައި ފައިސާ ނަގާފައިވާ އދ، ފުށިދިއްގާގައި ގަވާއިދާ ހިލާފަށް ޓޫރިސްޓުން ބައިތިއްބައިގެން ދޮޅު އަހަރަށްވުރެ ގިނަ ދުަވަހު އާމްދަނީ ހޯދަމުން އައިސް މައްސަލަ ފަޅާ އަރުވާލުވުމުން ރާއްޖޭގައި ހަދަމުން ގެންދާ ހުރިހާ ރަށެއް ބަލައި ފާސް ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ފުށިދިއްގާފައި ގަވައިދާ ހިލާފަށް ޓޫރިޒަމް ވިޔަފާރި ކުރަމުން ދިޔައީ އެ ރަށުގެ ބެލެނިވެރި ކަމަށް ދައުވާ ކުރަމުންދާ ތިން ޕާޓީގެ ތެރެއިން އެއް ފަރާތެވެ. ފުށި ދިއްގާގައި ޕިކްނިކް އައިލޭންޑެއްގެ ހިދުމަތް ފަތުރުވެރިންނަށް ދެމުން އަންނަނިކޮށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ފުލުހުންގެ ޓީމަމަކާއި އެކު އެ ރަށަށް ކުއްލި ގޮތަކަށް އަރާ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ 115 ރަށުގެ ތެރެއިން 70 ރަށަކީ އެކި ސަބަބުތަކާހުރެ ޑިސްޓްރެސްޑް ލިސްޓަށް އިތުރު ކޮށްފައިވާ ރަށްތަކެވެ. އެ ރަށްތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ސުންގަޑިއަށް ވާސިލުވާ މިންވަރަށް މަސައްކަތް ނުހިނގާ ތަންތަނާއި ޓާމިނޭޓް ކުރަން ނިންމާފައިވާ ތަންތަން ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ކޮންމެ ތަނެއްގައިވެސް ލީސް އެގްރީމަންޓެއް އޮންނާނެ ކަމަށެވެ. އެހެންކަމުން އެ ރަށެއްގައި ހިނގާ ހުރިހާ ހަރަކާތަކަށް އެއްބަސްވުން ގާއިމް ކުރާ ފަރާތަކުން ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި އެއީ ކުރީ ސަރުކާރަކުން ނުވަތަ ޓޫރިޒަމް މިނިސްޓްރީން ލީސް އެގްރީމަންޓެއް ހަދާފައި އޮތް ނަމަވެސް އެ މައުލޫމާތުތައް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓަށް ލާފައިވަނީ އޭނާ މިނިސްޓަރ ކަމާއި ހަވާލުވުމަށްފަހުގައިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ލިސްޓުގައި ބަޔާންކޮށްފައިވާ 70 ރަށުގެ ތެރެއިން މަސައްކަތް ކުރިއަށްދާ ކަމަށް ބަޔާންކޮށްފައިވަނީ 14 ރަށެއް ކަމަށާއި އަދި އެ ލިސްޓުގައި ހިމެނޭ ދެ ރަށެއްގެ އެއްބަސްވުން މި ސަރުކާރުން އުވާލަން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ބަދަލު ދިނުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ބަދަލު ދޭނެ ކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފުށި ދިއްގާގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ މައްސަލައާއި ގުޅޭގޮތުން، މިނިސްޓްރީން ތުހުމަތުކުރަނީ އެ ރަށަށް ޓޫރިސްޓުން ގެންގޮސް ފައިދާ ހޯދަމުން ދިޔައީ، މ. ހަސްތީ، އަހްމަދު ޚަލީލަށެވެ. އޭނާ އަށް އެ ރަށް ވަރުވާ އަށް ދިނީ 2009 ވަނަ އަހަރު އެވެ. ސަރުކާރުން ކުރިން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް އޭނާ ހުށަހެޅި އެވެ. އެ ހުށަހެޅުން ސަރުކާރުން އޭރު ގަބޫލު ކޮށްފައި އޮތަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން ފަހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ރިސޯޓު ތަރައްގީ ކުރުމަށް ތިން މިލިއަން ޑޮލަރަށް އެޗްއެމްއެޗަށް ފުށިދިއްގާ ދޭން ނިންމި ނަމަވެސް ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކުންފުނިން މިހާތަނަށް ދައުލަތަށް ދެއްކީ 1.3 މިލިއަން ޑޮލަރެވެ. އަދި މޯލްޑިވިއަނާ އެކު ހިންގާފައިވާ މުއާމަލާތްތަކުގައިވާ ގޮތުން ސަރުކާރުން އޭރު އެދުނު އަދަދު ކަމަށްވާ ހަ ލައްކަ ޑޮލަރު އެ ކުންފުނިން ކަނޑައެޅި މުއްދަތުގައި ދައްކާފައިވެ އެވެ. މި މުއާމަލާތްތައް ހިންގާފައި ވަނީ އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ.

ފުށިދިއްގާގައި ހިނގައިދިޔަ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށުގެ ނާޖައިޒް ފައިދާ ހޯދާ ނަމަ އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިނެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ 7223131 އަދި 9423131 ނަންބަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: