ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން މައްސަލާގައި އަންހެނަކު ހޯދަނީ

އެމްޑީއެން މައްސަލާގައި ހޯދަމުންދާ އަންހެން މީހާ... ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ފުލުހުން އަންހެނަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވުމާއި އަދި އިޢުލާނުކޮށްދިނުމަށް އެދިފައިވާތީ، ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޟިރުވުމަށް އަންގައި އިޢުލާނުކުރާކަމަށެވެ.

ޙާޟިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ފާޠިމަތު ޢަޛްރާ ނަސީމް، ހ. ސެލްވޭޝަން/ކ.މާލެ (47އ)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A035254

ޙާޟިރުކުރެވޭ ހައިސިއްޔަތު : މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި ފާޠިމަތު ޢަޛްރާ ނަސީމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށް.

ޙާޟިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: 2019 ނޮވެމްބަރު 05 ވަނަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޮލިސް ސަރވިސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް.

އެމްޑީއެން މައްސަލާގަިއ އަންހެނަކު ހޯދުމަށް ފުލުހުން އިއުލާނު ކުރުމާއި ގުޅުމުން އެމްޑީއެންގެ ފައުންޑަރ ޝަހިންދާ އިސްމާއިލްވަނީ ނުރުހުންފާޅުކޮށް ޓުވީޓުކޮށްފައެވެ. އެގޮތުން ފުލުހުން ހޯދަމުންދާ އަޒްރާ ދިރިއުލޭތަނާއި އޭނާގެ ނަންބަރު ރަސްމީކޮށް ފުލުހުންނަށް މީގެ 1 އަހަރު ކުރިން އަންގާފައިވަނިކޮށް އޭނާ ހޯދަމުންދާ ކަމަށް ބުނެ ފޮޓޯ އާންމުކުރުމަކީ އިންސާނީ ޙައްގުތަކާއި ޚިލާފަ ކަމެއް ކަމަށެވެ. އަދި މިއީ ފުރައްސާރަ ކުރުން ކަމަށާއި އެ މައްސަލަ ތަޙުޤީޤުކުރުމަށް އެޗްއާރުސީއެމްއަށް ޝަހިންދާ ގޮވާލެއްވިއެވެ.

މިކަން ސާފުކުރުމަށް ސަންގުން ފުލުހުންނަށް ގުޅާލުމުން އެ އިދާރާގެ ތަރުޖަމާނު އިޒްމިޔާ ޒާހިރު ވަނީ ޝަހިންދާގެ އެ ޓުވީޓު ދޮގުކުރައްވާފައެވެ. އަހަރެއް ކުރިން ފުލުހުންނަށް އޭނާގެ މައުލޫމާތު ހިއްސާކުރުމަކީ އޭނާގެ ހޯދުމަށް ފޮޓޯ ނުޖަހަންވީ އުޒުރެއްނޫން ކަމަށާއި އަޒްރާ ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭނާގެ އާއިލާއާއި ރައްޓެހިން ކައިރިން އަހައިގެންވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ފުލުހުން ކުރި މަސައްކަތުން އަޒްރާއާ ބެހޭ މައުލޫމަތެއް ނުލިބުމުން ކަމަށް އިޒްމިޔާ ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: