ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށި ދިއްގާ ހަދާފައި އޮތީ ޕިކްނިކް އައިލޭންޑަކަށް، މައްސަލަ ފުލުހަށް!

ގަވައިދާ ހިލާފަށް މާލީ މަންފާ ހޯދި ފުށިދިއްގާ-- ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާ އދ. ފުށިދިއްގާގައި ގަވާއިދާ ޚިލާފަށް ޓޫރިސްޓުން ބައިތިއްބައި މަންފާ ހޯދި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީއިން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

ރަސްމީ އެއްވެސް އިދާރާއަކަށް ނޭނގި ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ފުށިދިއްގާ އަށް ފަތުރުވެރިން ގެންގޮސް ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ހިދުމަތް ދިން މައްސަލައެއް ވަނީ ފެންމަތުވެފައެވެ. މާލީ މަންފާ ހޯދުމަށް ފުށިދިއްގާގައި ކުރަމުން އައި ވިޔަފާރިއާއި ގުޅޭ މައުލޫމާތުތައް ލިބުނުތާ 24 ގަޑިއިރުވެެސް ނުވަނީސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ފުލުހުންގެ ޓީމަކާއި އެކު ރަށަށް އަރައި އިންސްޕެކްޝަންތައް ފަށާފައެވެ.

ރަށުގައި ގަވައިދާއި ހިލާފަށް ހިދުމަތް ދެމުން އައި މައްސަލަ ފެންމަތިވުމާއި ރަށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް ކަންތައްތަކެއް އެ ރަށުގައި ހިންގާފައިވާތީ އެކަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ރަށް ވެސް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ ރަށަށް ޓީމު ދިޔައިރު، އެތަނުގައި ތިބީ ދެ ބިދޭސީން ކަމަށެވެ. އަދި އެ މީހުންނަކީ ރާއްގޭގައި ގާނޫނާއި ހިލާފަށް އުޅެމުން އައި ބިދޭސީންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓްރީން ތުހުމަތު ކުރާ ގޮތުގައި އެ ރަށަށް ޓޫރިސްޓުން ގެންގޮސް ފައިދާ ހޯދަމުން ދިޔައީ، މ. ހަސްތީ، އަހްމަދު ޚަލީލަށެވެ. ސަރުކާރުން ކުރިން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް އޭނާ ހުށަހެޅި އެވެ. އެ ހުށަހެޅުން ސަރުކާރުން އޭރު ގަބޫލު ކޮށްފައި އޮތަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން ފަހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

މި މައްސަލަ ޚަލީލް، ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ އޭނާގެ ކޮޅަށެވެ. އެކަމަކު ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރުމުން ނިމުނީ ދައުލަތާ އެއްކޮޅަށެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ސަރުކާރުން ކުރިން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް މ. ހަސްތީ އަހުމަދު ޚަލީލް ހުށަހެޅި ހުށަހެޅުން ސަރުކާރުން އޭރު ގަބޫލު ކޮށްފައި އޮތަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން ފަހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

އެ މައްސަލަ ޚަލީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ސެޕްޓެމްބަރު، 2015 ގައި ދައުލަތުގެ މައްޗަށް އަމުރުކުރީ އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއި ކުރުމަށެވެ. ސިވިލް ކޯޓުން އެގޮތަށް އަމުރު ކުރިއިރު، ސަރުކާރުން 2014 ގައި އޮތީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކަށް އެ ރަށް ކުއްޔަށް ދޫކޮށްފަ އެވެ.

ފުށިދިއްގާ ކުރީ ސަރުކާރުން ފުރަތަމަ ވިއްކާލީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ރަށް ވިއްކާލީ ތިން މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން ވަނީ ސަރުކާރަށް 1.5 މިލިއަން ޑޮލަރު ދައްކާފައެވެ. އެޗްއެމްއެޗްއައިއަށް އެ ރަށް ވިއްކާލީ ރަތްދިއްގާގެ ނަމުގަ އެވެ. އަދި ފަހުން ސަރުކާރުން ވަނީ މޯލްޑިވިއާނާ ކިޔާ ކުންފުންޏަކަށް ވެސް އެ ރަށް ވިއްކާލާފައެވެ. ފުށިދިއްގާގެ ނަމުގައި އެ ރަށް އެ ކުންފުންޏަށް ވިއްކާލީ ހަ ލައްކަ ޑޮލަރަށެވެ. އެ ކުންފުނިން ވަނީ އެ ފައިސާ ވެސް ދައުލަތަށް ދައްކާފަ އެވެ.

މޯލްޑިވިއާނާއިން ބުނީ އެ ކުންފުނިން ސަރުކާރާއެކު ކޮށްފައިވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކާފައިވާނެ ކަމަށެވެ. މީގެ ކުރިން އެ ރަށް އެހެން ބަަޔަކަށް ވިއްކާލާފައި ވަނީ މޯލްޑިވިއާނާއަށް ރަށް ވިއްކާލި ފަހުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ ކުރިން ސްޕްރީމް ކޯޓުން ވަނީ މައްސަލަ ނިމުމުގެ ކުރިން ފުށިދިއްގާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެ ރަށުން އެއްވެސް ބަޔަކު މާލީ މަންފާ ހޯދަން މަސައްކަތެއް ނުކުރުމަށް ވެސް އަމުރުކޮށްފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: