ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީ ހަމީދު އެމްޑީއެންގައި މަސައްކަތް ކުރެއްވި- ފުލުހުން

ސީޕީ ހަމީދު އެމްޑީއެންގައި މަސައްކަތް ކުރެއްވި ކަމަށް ފުލުހުން ވަނީ ބުނެފަ... ފޮޓޯ: ފައިލް ފޮޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ހައިސިއްޔަތުން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު، މާތް ﷲ އަށާއި ކީރިތި މާތް ނަބީއްޔާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯޑިވްސް ޑިމޮކްރެސީ ނެޓްވޯކް އެމްޑީއެންއިންގައި ކުޑަ ދުވަސްކޮޅަކަށް މަސައްކަތް ކުރެއްވި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 19 ވަނަ ދުވަހު އިންޑިއާގެ އޮބްޒާރވާ ރިސާޗު ފައުންޑޭޝަނުން ބޭއްވި ކޮންފަރެންސެއްގައި އޭރު އެމްޑީއެންގެ ޗެއަރމަންގެ ނައިބުގެ ހައިސިއްޔަތުން މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވާ ވީޑިޔޯއެއް މީހަކު ޓުވީޓު ކުރުމާއި ގުޅިގެން އެއަށް ރިޕްލައި ކުރަމުންނެވެ.

އެ ވީޑިއޯގައި ވާހަކަދައްކަވަމުން ހަމީދު ވަނީ ބައިނަލްއަޤުވާމީ ޓެރަރިސްޓް ބޮޑެތި ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ދިވެހިންގެ ތެރޭގައި އުޅޭ ކަމަށެވެ. އަދި ރާއްޖެއަކީ ސީރިއާފަދަ، ހަނގުރާމަކުރާ ޤައުމުތަކަށްދާން ހިތްވަރުދޭ ޤައުމެއް ކަމަށާއި ރާއްޖޭގައި ސީރިޔާއަށް ދާ ދިވެހިން ތިބިކަން ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ހަރުކަށި ފިކުރު ފެތުރރެން ފެށީ މެދުއިރުމަތީގެ ޤައުމުތަށް ކަމުގައިވާ ސައުދީ އަރަބިއްޔާއާއި މިސްރު ފަދަ ޤައުމުތަކަށް ދިވެހިން ކިޔަވަން ދިއުމާއި މިކަމާއި ގުޅުމެއް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވީޑިއޯ ޓުވީޓު ކޮށް މީހަކު ޓުވިޓާގައި ވަނީ، ސީޕީ ހަމީދު މަޤާމުގައި ހުންނަވައިގެން އެމްޑީއެން ރިޕޯޓު މައްސަލަ ނުބެލޭނެ ކަމަށާއި މަޤާމާިއ ހަވާލުވުމުގެ ކުރިން ޖަމިއްޔާގެ މަސްލަހަތު އޮންނަ ބޭފުޅެއް ކަމަށް ބުނެފައެވެ. އޭ ޓުވީޓަށް ޖަވާބުދެމުން ފުލުހުން ބުނީ ސީޕީ ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން އެމްޑީއެންގެ އެއްވެސް މަޤާމެއް އަދާކުރައްވާފައި ނުވާނެ ކަމަށެވެ.

ސީޕީ ފުލުހުންގެ ވަޒީފާއިން ދުރުގައި ހުންނެވި ދުވަސްވަރު އަމިއްލަ ހައުސިއްޔަތުން އެމްޑީއެންގައި ވަރަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

https://twitter.com/PoliceMv/status/1185473433758396416

ހަމައެހެންމެ މިހާރު ތަހުޤީޤު ކުރަމުންދާ އެމްޑީއެން ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ސީޕީ ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި ރިޕޯޓުގެ މައްސަލަ ތަޙުޤީޤު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދުވެސް އަދި ދިވެހި ފުލުހުންވެސް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

އާންމުވެގެން ދިޔަ ސީޕީ ހަމީދުގެ މި ވީޑިއޯއާއި ގުޅިގެން އެތަށް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި  ސީީޕީ  ހަމީދު މަޤާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ގޮވާލަމުންނެވެ. އަދި ޖަމިއްޔާއެއްގެ ޑެޕިއުޓީ ޗެއާމަނެއްގެ މަގާމަކީ ޒިންމާ ނަގަން ޖެހޭ މަގާމެއް ކަމަށާއި އެ ބޭފުޅާ ކުޑަ ދުވަސްކޮޅަކަށް ވިޔަސް އެމްޑީއެން ތަމްސީލު ކުރައްވާފައިވާ ކަމަށް ދަނީ ބުންމުންނެވެ. އަދި މި ރިޕޯޓު ލިޔެފައިވަނީ އެމަނިކުފާނު އެ މަޤާމުގައި ހުންނަވަނިކޮށް ކަމަށް ވާއިރު ޖަމިއްޔާގެ އިސްމަޤާމެއްގައި ހުންނަވާއިރު އެ ރިޕޯޓާއި ގުޅޭ ފުރިހަމަ މައުލޫމާތު އޮންނާނީ އެނގިލައްވާފައި ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: