ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮގްރާމް ވަރުގަދަކޮށް ގަލޮޅު ދަނޑު ފުރާލައިފި!

ޤަވައިދާ ޚިލާފަ އުޅޭ ބިދޭސީން... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް އިކޮނޮމިކް މިނިސްޓްރީއިން ޕްރޮގްރާމް ވަރުގަދަކޮށްލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޒުބާނާ އިބްރާޙީމް  ސަންގަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި، ދަނޑުގައި 4 ސިޑިބަރި ހުޅުވާފައިވާ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ދޫކުރުމަށް ކައުންޓަރުތަށް އިތުރުކޮށްފައިވާ ކަމަށެވެ.

“މިއަދު ކުރިއަށް މިދަނީ ދެވަނަ ޕްރޮގްރާމް. ފުރަތަމަ ޕްރޮގްރާމްގައި އެންމެ ސިޑިބަރިއެއް ހުޅުވާލީ އެކަމު މިއަދު 4 ސިޑިބަރި ހުޅުވާލާފަ ހުންނާނީ. އަދި ކައުންޓަރުން އެޕޮއިންޓް މަންޓް ދޫކުރަމުން މިހާރު މި ދަނީ. ފުރަތަމަ ޕްރޮގްރާމް ބޭއްވި ދުވަހު އެޕޮއިންޓްމަންޓް ދިނީ 40 ކައުންޓަރުން.” އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރަތަމ ޕްރޮގްރާމް ބޭއްވި ދުވަހު 3000ށް ވުރެ ގިނަ ބިދޭސީންނަށް އެޕޮއިންޓްމަންޓް ދޫކޮށްފައިވާނެ ކަމަށެވެ. އަދި މިއަދު ހުޅުވާލި އިތުރު ސިޑިބަރިތަކާއެކު 6000ހެއްހާ ބިދޭސީންނަށް އެޕޮއިންޓްމަންޓް ދޫކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެޕްއިންޓްމަންޓް ދޫކުރާ ވަރަކުން ރެޖިސްޓްރޭޝަންގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޒުބާނާ ވިދާޅުވިއެވެ.

” އެޕޮއިންޓްމަންޓް ދޫކުރާ ވަރަކުން އެމީހުންގެ ފޯނަށް ދާނެ ރެޖިސްޓްރީވާން އަންނަންޖެހޭ ތަނާއި ގަޑީގެ ތަފްސީލު މެސެޖެއް. އެތަނަކަށް އައީމަ ރެޖިސްޓްރީކޮށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ކާޑު ދޫކުރެވޭނެ.”

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 19 އިން ފެށިގެން، ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައި ފެށިއިރު ކޮންމެ ދުވަހަކުވެސް އެތަށް ސަތޭކަ ބިދޭސީނެއް ދަންވަރުން ފެށިގެން އޮފީސް ދޮރުމަތީގައި ކިއުހަދައިގެން ތިބެއެވެ.

އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ބިދޭސީން ގިނަ އިރު ކިއުގައި ކޮޅަށް ނުތިބެ ފަސޭހަ އިންތިޒާމެއްގެ ތެރެއިން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން އެ މަސައްކަތް ގަލޮޅު ރަސްމީ ދަނޑަށް ބަދަލުކުރެވިގެން ދިޔައެވެ.

ދަނޑުގައި މި މަސައްކަތް ކުރަމުންދަނީ އިންތިޒާމުތަކެއްގެ ދަށުންނެވެ. އެގޮތުން ބިދޭސީން ސިޑިބަރީގައި އިށީންދެގެން ތިބުމުގެ އިންތިޒާމުތަށް ހަމަޖައްސާފައިވާއިރު ވަކިން ސަފެއް ހަދައިގެން އިކޮނޮމިކް މިނިސްޓްރީއިން ހަދާފައިވާ ކައުންޓަރުން ފަހަރަކު މީހަކަށް ފުރުސަތުދެއެވެ.

މިކަން ކުރަނީ ފުލުހުންގެ އިރުޝާދާއި ބެލުމުގެ ދަށުންނެވެ. ކޮންމެ ބިދޭސީއެއްގެ ފޮޓޯ ކައުންޓަރުތަކުގައި ތިބޭ މިނިސްޓްރީގެ އޮފިޝަލުން ނަގާ އެމީހުންގެ މައުލޫމާތު އެއްކޮށް އިނގިލީގައި ފާހަގަޖަހައެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުނު ކަމުގެ މެސެޖެއް ބިދޭސީ މީހާގެ ފޯނަށް ދާނެ އެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއޖްޭގައި 3 ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅެމުން ދެއެވެ. މިއީ މުޅި ރާއްޖޭގެ އާބާދީއާއި ގާތްގަނޑަކަށް އެއް އަދަދެކެވެ. މި ބިދޭސީންެގެ ތެރޭގައި ގަވައިދާ ޚިލާފަ އުޅެމުންދާ ބިދޭސީން ގިނަކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: