ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ އަގުން ޑްރައިވަރުންނަަށް ވާނީ ފައިދާ! ގެއްލުން ނުވާނެ!

މާލެ ސަރަހައްދުގައި ޓެކްސީ ބޭނުން ކުރަން ކަނޑައެޅި އަގުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ޓެކްސީ ބޭނުން ކުރަން ކަނޑައެޅި އަގުތަކަށް އަމަލު ކުރަން ގިނަ ޑްރައިވަރުން ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ޓްރާންސްޕޯޓު މިނިސްްޓްރީއިން ބުނެފައިވަނީ މާލޭ ސަރަހައްދުގައި ޓެކްސީ ކުރުމަށް ކަނޑައަޅާފައިވާ އަގުތަކުން، ޓެކްސީ ކުރާ ފަރާތްތަކަށް ގެއްލުމެއް ނުވާނޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އަދި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝިމާޒް ވިދާޅުވެފައިވަނީ ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ މީޓަރު ހަރުކޮށްގެން ޓެކްސީ ކުރުމުން، ކިލޯ މީޓަރަކަށް ޖެހޭ ރޭޝިއޯތަކަށް ބެލުމަށްފަހުގައެވެ. ޓެކްސީ ކުރާ ފަރާތްތަކުން ބޭނުންކުރާ އެޕަކީ މީޓާރ ބޭސިސްއެއްކަމަށް ވިދާޅުވެފައިވެއެވެ.

ޝިމާޒް ވިދާޅުވީ ޓެކްސީގެ ޚިދުމަތަށް ނެގޭނެ އެންމެ ބޮޑު އަގު ކަނޑައެޅީ އެ ހިދުމަތް ދިނުމަށް ޑްރައިވަރުން ކުރަން ޖެހޭ ހަރަދާއި އެ ނޫން ވެސް ކަންތައްތަކަށް ބެލުމަށް ފަހު، އެ މީހުންގެ އާމްދަނީ އަށް ވެސް ގެއްލުމެއް ނުވާނެ ގޮތް ބަލައިގެން ކަމަށެވެ. އެހެންވުމުން، އާ އުސޫލު ތަންފީޒު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިމާޒް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކޮށްފައިވާނެކަމަށާއި، އެމީހުންގެ ކަންބޮޑުވުންވެސް މިނިސްޓްރީއިން އަޑު އަހާފައިވާނެކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ޓެކްސީގެ އަގުތައް ކަނޑައެޅުމުން ގިނަ ޓެކްސީ ޑްރައިވަރުން އެކަން ޤަބޫލުކުރިކަމަށާއި، މަދު ޑްރައިވަރުންގެ ނުތަނަވަސްކަމެއް ހުރިނަމަވެސް ހުރިހާ ޑްރައިވަރުން ހިތްހަމަނުޖެހޭކަމަށް ބުނުމުގެ ޖާގައެއް ނެތްކަމަށެވެ. ޓެކްސީ ޑްރައިވަރުންގެ ތެރެއިން މަދުބަޔަކު ނިންމާ ނިންމުމެއްގެ ސަބަބުން ހުރިހާ ޓެކްސީ ޑްރައިވަރުން ބަދުނާމު ކޮށްގެން ނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮ ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކެއް ކަނޑައަޅައި އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ތިން ފަރާތަކަށް ހަވާލުކޮށްފައެވެ. އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ އަވަސް ރައިޑް އާއި އެއައީ އަދި ސްރީލަންކާގެ ޕިކްމީއަށެވެ.

އުސޫލު ބުނާގޮތުން މިއަދުން ފެށިގެން އެންމެ ބޮޑު މިންވަރަށް ނެގޭނީ 75ރ. އެވެ. އެއީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ތަނުން ހަމަޖައްސާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދުއްވާ މީހުން ނަގަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އުސޫލާ ހިލާފަށް ބޮޑު އަގު ނަގާ މީހެއް ނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. ޓްރާންސްޕޯޓްގެ އެހެން އިއުލާނެއްގައި ބުނީ އޮތޯރިޓީން ހުއްދަ ދީފައިވާ މޮބައިލް އެޕްލިކޭޝަނެއްގައި ރަޖިސްޓްރީވެ ނަގަން ޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހު ނޫނީ ޕްރައިވެޓް ހަޔަގެ ގޮތުގައި އެއްވެސް މީހަކު ޓެކްސީ ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މިއާ ހިލާފުވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: