ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަޅު އަޅައިފިން، އިތުރު ފިޔަވަޅެއް އެޅޭނީ ތަހުޤީޤުކޮށް ނިމުމުން- މަޙުލޫފު

މިނިސްޓަރު އަހުމަދު މަހުލޫފާއި އަދާލަތު ޕާޓީގެ މެމްބަރުންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ : ޔޫތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެސީގެ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމްއީއްޔާއާއި މެދު މިވަގުތަށް އެޅެން އޮތް ފިޔަވަޅު އަޅާފައިވާ ކަމަށާއި އެހެން ފިޔަވަޅެއް އެޅޭނީ މައްސަލަ ތަހުގީގު ކޮށް ނިމުމުން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. 

އަދާލަތު ޕާޓީން މިފަދައިން ބުނެފައި ވަނީ އެ ޕާޓީގެ ފަރާތުން މިނިސްޓަރ މަހުލޫފްއާއެކު ބެއްވި ބައްދަލު ކުރެއްވުމާއި ބެހޭ ގޮތުން ސަންގުން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުންނެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އަދާލަތުން ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްއެންޑީއެން) އިން ނެރުނު ރިޕޯޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިނިސްޓަރ މަހުލޫފުއާއު ޙިއްސާ ކުރައްވާފައެވެ.

އަދާލަތު ޕާޓީގެ މީޑިއާ އޮފިޝަލަކު ސަންގަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި މިހާރުވެސް ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވި ކަމަށެވެ. އަދި އެ މައްސަލާގައި އިތުރު ފިޔަވަޅެއް ނޭޅިގެން އުޅެނީ އެ މައްސަލައަކީ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށް ވުމުންނާއި މައްސަލާގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް ވިދާޅުވި ކަމަށެވެ.

އެމްޑީއެން ރިޕޯޓާއި މެދު އެ ޖަމިއްޔާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް މަޙުލޫފު ވިދާޅުވިއިރު އެމްޑީއެން ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ. އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކުރުމުން ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ޖަމިއްޔާ އެއްކޮށް އުވާލާ އެ ޖަމިއްޔާގެ މެންބަރުންނަށް ޤާނޫނީ ފިޔަވަޅު މިހާރުން މިހާރަށް އަޅަންޖެހޭ ކަމަށް ގޮވާލަމުންނެވެ.

އަދާލަތުން މިނިސްޓަރ މަހުލޫފުއާއި ބައްދަލުކުރައްވާފައިވާއިރު ޔޫތް މިނިސްޓްރީއަކީ މަދަނީ ޖަމިއްޔާތައް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާތަނެވެ. އަދާލަތުން ބުނީ ރިޕޯޓާއި ގުޅިގެން ހުރި ކަންބޮޑުވުންތަށް މަހުލޫފުއާއި ހިއްސާ ކުރެއްވީ އެ ސަބަބާހުރެ ކަމަށެވެ.

ރާއްޖޭގައި ދީނީ ކަންކަން ހަމަ މަގަށް އެޅުވުމުގެ ނަމުގައި އުފެއްދި ސިޔާސީ ޕާޓީ ކަމުގައި ވާ އަދާލަތުންވެސް ވަނީ އެމްޑީއެންގެ ރިޕޯޓު ކުއްވެރުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބައިނަލްއަޤުވާމީ ފަރާތްތަކަށް އެ ރޕޯޓް ހިއްސާކުރުމުން ދިވެހިންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ރިޕޯޓުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާއި މެދު ދީނީ ޚިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެމައްސަލަ ވެސް ބަލަން ޖެހޭނެ ކަމަށެވެ.

އަދާލަތު ޕާޓީގެ އެ ރިޕޯޓްގައި ވަނީ އިސްލާމްދީނާ ގުޅުންހުރި އެއްވެސްކަމަކަށް ފުރައްސާރަ އާއި އިހާނެތިބަސް ރައްދުވާނެހެން ވާހަކަދައްކާ، ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަށް އިލްތިމާސްކޮށްފައެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ދިވެހި ދީނީ އިލުމުވެރިންވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: