ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތް އިންކަމް ޓެކްސްއިން ކެނޑެންވާނެ: ޑރ. ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލު ޒަކާތް ދައްކާމީހާގެ ޓެކްސްގެ ކަންވާރުން އެބައި އުނިވާގޮތައް އޮންނަން ޖެހޭނެ ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރ އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މުދަލުގެ ޒަކާތުގެ ގޮތުގައި ދަށްކާ ފައިސަ ނުވަތަ މުދާލުގެ އަގު އިންކަމް ޓެކްސްގެ ނަގާއިރު އެއަދަދުން ކެނޑެނެގޮތް ހަދާދޭން ޑރ. ޝަހީމް ވިދާޅުވެފައި ވަނީ ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކުގައިވެސް އެފަދައިން އިންކަމް ޓެކްސްގެ ނިޒާމް ހަމަޖެހިފާ ހުންނާތީއެވެ. އަދި، އިންކަމް ޓެކްސްގެ ޤާނޫނު ފާސްވެގެން އަންނަ އިރު މުދަލުން ޒަކާތް ނެރެން ފަސޭހަވާނެހެން ކަންކަން ތަރުތީބު ވާންވާނޭ ކަމަށްވެސް ޑރ. ޝަހީމް ފާހަގަކުރެށްވިއެވެ.

އަވަށްޓެރި މެލޭޝިޔާއަކީވެސް އިންކަމް ޓެކްސްގެ ނިޒާމެއް ތައާރަފް ކޮށްފައިވާ ގައުމެކެވެ. މެލޭޝިޔާގައި ޓެކްސް ގެ ނިޒާމް ހަމަޖެހިފާވާ ގޮތުން އިންކަމް ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއިން ޒަކާތުގެ ގޮތުގައި ދަށްކާ ފައިސާ ނުވަތަ މުދަލުގެ އަދަދު ކެނޑޭނޭ ގޮތަށެވެ. މިގޮތަށް ހަދާފައިވަނީ މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގަ ރުކުނެއްކަމުގައި ވާތީއެވެ.

ރާއްޖޭގައި އިންކަމް ޓެކްސްގެ ބިލެއް ރަށްޔިތުންގެ މަޖިލީހަށް ލާފައިވާއިރު މިކަމާ ދެބަސްވާ އެތަށް ބަޔަކު އެބަ އުޅެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާ މެންބަރު ގާސިމް އިބްްރާހިމް އަކީވެސް އިންކަމް ޓެކްސް ރާއްޖޭގައި އިފްތިތާހު ކުރަން ދެކޮޅުހަދާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: