ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިފެންސް މިނިސްޓަރ ޖަޕާނުގެ މަނަވަރަށް ޒިޔާރަތް ކުރެށްވައިފި

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީެގެ ޝަރަފުގައި އެކަމަނާފާނަށް އެރުވި އޮނަރގާޑް - (ފޮޓޯ: އެމްއެންޑީއެފް)
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރެއް ކަމުގައިވާ “ޖޭއެމްއެސްޑީއެފް ޓަކަޝިމާ” އަށް  ޒިޔާރަތްކުރައްވައިފިއެވެ.

ޖަޕާނުގެ މަނަވަރަށް ޑިޕެންސް މިނިސްޓަރ ވަޑައިގެންނެވުމުން އެކަމަނާގެ ޝަރަފުގައި އެ މަނަވަރުން ވަނީ އޮނަރގާޑެއް އަރުވާފައެވެ. އަދި މަނަވަރާ ބެހޭގޮތުން ޑިފެންސް މިނިސްޓަރަށް ވަނީ މަޢުލޫމާތު އަރުވާފައެވެ.

ޖަޕާނުގެ މަނަވަރަށް ޑިފެންސް މިނިސްޓަރ މިކުރެއްވި ޒިޔާރާތުގައި މިނިސްޓަރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފް ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ޖަޕާނުގެ ދެ މަނަވަރު ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ އައިސްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ތިން ދުވަހުގެ ދަތުރެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: