ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ދިޔާނާ އަދި މަހާޒްގެ ނަންފުޅު މަޖިލީހަށް ފޮނުވައިފި

ދހިޔާނާ ސައީދު އަދި މަހާޒް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ދެ ބޭފުޅުންގެ ނަންފުޅު ވަނީ މަޖިލީހަށް ފޮނުވާފަ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ޑުރަގް ކޯޓްގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ކުރެއްވި ޓުވިޓެއްގައި ވިދާޅުވ ީޤާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ.މަޑަވެލި، މޭނާ އޛ. މަޙާޒު ޢަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އޛ. ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް  މިއަދު ފޮނުއްވާފައިވާ ކަމަށެވެ. 

https://twitter.com/ibusolih/status/1184750947949375488

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޖޭއެސްސީއަށް ފޮނުއްވީ މަހާޒްގެ ނަމެވެ. އެ ނަމާ އެކު ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުށަހެޅި ގިނަ ބައެއްގެ ތެރެއިން ޖޭއެސްސީން ވަނީ މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވަން ލަފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ޖޭއެސްސީން ބުނެފައި ވަނީ ނަންތައް ތަރުތީބުކޮށްފައި ވަނީ އިސްކަން ދޭ ތަރުތީބަކުން ނޫން ކަމަށާއި ގިނަ ނަންތަކެއް ރައީސަށް ހުށަހެޅި ކަމުގައި ވިޔަސް މަޖިލީހަށް ފޮނުއްވާނެ ނަމަކާއި އަދަދެއް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ރައީސަށް އޮންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: