ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ޒީރޯ ޓޮލެރެންސްއާ ހިލާފް ވެއްޖެ: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ ޖަމީލް : ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދު ކަމަށްވާ ޒީރޯ ޓޮލެރެންސްއާ ސަރުކާރުން ހިލާފްވެފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ސަރުކާރުން އެކިއެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދެމުންދާ ގޮތަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ޑރ ޖަމީލް ވިދާޅުވީ ސަރުކާރުން އެކިއެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދެމުން ދަނީ ކޯޓުތަކުން ކުރާ ހުކުމްތަކަށް ބަލައިގެން ނޫން ކަމަށެވެ.

ޖަމީލް ވިދާޅުވީ ބަދަލުގެ ނަމުގައި މި ސަރުކާރުން އަންނަނީ ރައްޓެހިންގެ ޖީބު ފުރަމުން ކަމަށެވެ.

https://twitter.com/MJameelAhmed/status/1184695032827170816

ބަދަލުގެ ގޮތުގައި މި ސަރުކާރު އައިފަހުން ބިލިއަނެއްހާ ރުފިޔާ މިހާތަނަށް ވަނީ ދީފައެވެ. މި މައްސަލަތަކާއި ގުޅިގެން ސަރުކާރަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަ ގޮތެއްގައި އެންމެ ފަހުން ބަދަލު ދިން ނޫމަޑިއަށް 50 މިލިއަން ޑޮލަރު ދިން މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އެ ކުންފުނީގެ އިތުރުން ބިޒްނަސް އިމޭޖަސް ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ އާއި، ސީޖީޓީއަށް 22.7 މިލިއަން ރުފިޔާ އާއި ދީބާާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ޖެހިފަ އެވެ އޭގެ ތެރެއިން ބިގަށް ވަނީ 30 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: