ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމުގެ ޔަގީންކަން ދެން: ޝަޒައިލް

ޝަޒައިލް - ފޮޓޯ/ މޯލްޑިވް ގޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުށަހެޅި ޝަކުވާއަކާ ގުޅިގެން، މަގާމުން ސަސްޕެންޑް ކުރި ކުރުމަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އޭޕްރީލް 12، 2017 ވަނަ ދުވަހު މަގާމުން ވަކިކުރެއްވިއިރު އޭނާ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގަތުމުންނެވެ.

ސަންގުޓީވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުން، މޯލްޑިވް ގޭހަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައވަނީ ޝަޒައިލްގެ އެމްޑީ ކަމުގައެވެ.

ޝަޒައިލްއާ ގުޅިގެން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ޝަކުވާއެއް ހުށަހަޅާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް، އެއީ ސާބިތުވާ ކަމެއް ނޫންކަމުން ޝަޒައިލް ސަސްޕެންޝަންގައި ހުންނާނީ މައްސަލަ ބަލާ ނިމެންދެންކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ސަސްޕެންޑު ކުރުމާއި ގުޅޭގޮތުން ޝަޒައިލް ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަށް އިހުތިރާމްކޮށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ނަމަވެސް، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު ކުންފުނި ހިންގާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ. ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަން،” ޝަޒައިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: