ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ގޮންޖަހައި ރަސޫލާއަށް ބަދުބަސް ބުނުމަށް ރާއްޖޭގައި ޖާގައެއް ނެތް : ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. ހުޅުދެއްޔަށް ކުރެށްވި ދަތުރުގެ ތެރެއިން - (ފޮޓޯ: ރައީސް އޮފީސް)
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް ބަދުބަސް ބުނުމަށް ރާއްޖޭގައި ޖާގައެއް ނުދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ހުޅުދެއްޔަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ

މި ޒިޔާރަތުގައި އެމަނިކުފާނު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކަވި ވާހަކަފުޅުގައި ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް ބަދުބަސް ބުނުމަށް ރާއްޖޭގައި ޖާގައެއް ނުދެވޭނެކަމާއި އިސްލާމް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށް އެއްވެސް ކަމެއް ކުރުމަށްވެސް ފުރުސަތެއް ނުދެވޭނެކަން ފާހަގަކުރަށްވާފާވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދ. ހުޅުދެއްޔާ ކުޑަހުވަދޫއަށް ޒިޔާރަތްކުރައްވައި އެ ދެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަރަކުރުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: