ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ރިޕޯޓު މައްސަލަ: “މުޖްތަމައުގެ ތެރޭގައި ބައިވުން އުފައްދާ” ސޯޝަލް މީޑިއާގައި ނުލިޔުމަށް ބުނެ އެމްއެންޔޫގެ މުވައްޒަފުންނަށް ސިޓީއެއް!

އެންއެންޑީއެންގެ ވާހަކަ ނުދެއްކުމަށް ބުނެ، އެމްއެންޔޫގެ މުވައްޒަފުންނަށް ސިޓީއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ވާހަކަ ނުދައްކަން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް އަންގައިފި އެވެ.

އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު، މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބައެއް ލެކްޗަރާއިން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި މުޖްތަމައު ހަލަބޮލި ވާ ގޮތަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅޫ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އާއްމުންގެ ޝަކުވާތައް ލިބެމުންދާކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އެމްއެންޔޫގައި މަސައްކަތްކުރާ ލެކްޗަރާއިންނަކީ ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، އެ ބޭފުޅުންގެ ފަރާތުން އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން ޑރ. ހަސަން ވިދާޅުވެފައި ވެ އެވެ. އެގޮތުން ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު، މުޖްތަމައުގެ ތެރޭގައި ބައިބައިވުން އުފެއްދުމާއި، އެއްބަޔަކު އަނެއް ބަޔަކާއި މެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވަސީލަތްތައް ސޯޝަލް މީޑިއާގައި އާއި އެ ނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިދިނުމަށް ސަރުކާރުން އެދިފައިވާކަމަށް ސާކިއުލާގައި ވެއެވެ.

ސާކިއުލާގައި ވަނީ ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ވެސް، ތަނުގެ އަހުލާގީ ކޯޑުގައި ވާ ހަމަތަކާއި ގާނޫނުތަކާއި އެއްގޮތަށް އަަމަލުތައް ބެހެއްޓުމަށެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅޭ ވާހަކަ ނުދައްކަން އެންގިއިރު، އެ ޖަމިއްޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ގިނައިން ވާހަކަ ދައްކަވަމުން އަންނަ ދެ ބޭފުޅުންނަކީ އެ ޔުނިވާސިޓީގެ އިސް ދެ ބޭފުޅުންނެވެ. އެއީ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް އަބްދުލް ލަތީފާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރާއަކަށް ހުންނެވި އަލީ ޒައިދެވެ. އެ ދެ ބޭފުޅުން އަންނަނީ އެމްޑީއެން އުވާލުމަށް ގޮވާލައި ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގައި އަންގަވާފައިވާ ކަންތަކާއި އަދި މާތްވެގެންވާ ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ކަނޑައެޅިގެން ސުވާލު އުފައްދާ މޯލްޑިވިއަން ޑިމޮކްރަސީ ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވަނީ ރިޕޯޓެއް ނެރެފައެވެ.

އެމްޑީއެންގެ ރިޕޯޓުން އިލްމުވެރިން ފާހަގަ ކުރެއްވި ކަންބޮޑުވުން:

– އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދީނުގެ އަސްލުތަކާ މެދު އިންކާރު ކޮށްފައި ވުން.

– ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަންކަން ސައިންޓިފިކް ހެކިތަކުން ސާބިތުނުވާ ކަމަށް ބުނެ އެއީ ފްލޯކް ވާހަކަތަކަށް ހެދުމަށް މަސައްކަތް ކުރުން.

– ގުރުއާންގެ ބައެއް އާޔަތްތަކުން ގެވެށި އަނިޔާއަށް ހިތްވަރު ދޭކަމަށް ބުނުން.

– ރަސޫލާ ދެކެ ލޯބިވާން އަންގަވާފައިވުމަކީ އެކަލޭގެފާނަށް ކުޑަ ކަލާނގެއެއްކަމުގެ ލަގަބު ދިނުން ކަމަށް ބުނެފައިވުން.

– ރަސޫލާގެ ބައެއް ހަދީސްތަކުން ހައްދުފަހަނާޅަދާން ހިތްވަރު ލިބޭ ކަމަށް ބުނުން.

– ޔަހޫދީންގެ ނުބައި ވާހަކަ ބަޔާން ކޮށްފައިވުމަކީ ހައްދު ފަހަނާޅައިި ދިއުން ކަމަށް ބުނުން.

ގާތްގަނޑަކަށް 125 ސޮފުހާގެ އެ ރިޕޯޓުގައި ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔާފައިވެއެވެ. އަދި ނުބައިވެގެންވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅޭގޮތުން ސްކޫލް ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ހަޖޫޖަހައި ފާޑުކިޔާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: