ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައެއްގައި ވަކި މީހަކު އައްޔަން ކޮށްފައި ނެތް ނަމަ، ޖޫރިމަނާ ދައްކަން ޖެހޭނީ ޕީޖީ އަމިއްލަ އަށް!

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް- ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ވަކީލުން މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމުން ކުރާ ޖޫރިމަނާތައް ދައްކަން ޖެހެނީ އެ ވަކީލަކު އަމިއްލަ އަށް ކަމަށާއި އެ ޖޫރިމަނާ އަށް ދައުލަތުގެ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ހައި ކޯޓުން އެގޮތަށް ކަނޑައަޅާފައިވަނީ ގދ. ތިނަދޫ ކޯޓުގައި ދައުލަތުން ދައުވާކުރި މައްސަލަތަކެއްގައި ދައުލަތުގެ ވަކީލު ގަޑިއަށް ކޯޓަށް ހާޒިރު ނުވެގެން، އެ މައްސަލަތައް އެ ކޯޓުން ބޭރުކޮށްލުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފް ކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އަންގާރަ ދުވަހު ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު އޮތްގޮތުން މަގްބޫލު އުޒުރެއް ނެތި ގަޑިއަށް ކޯޓަށް ހާޒިރު ނުވުމުން ޖިނާއީ މައްސަލަތައް ކޯޓުން ބޭރުކޮށްލެވޭނެ އުސޫލެއް އެ ގަވާއިދުގައި ނެތް ކަމަށެވެ. އަދި އެ ގަވާއިދު އޮތްގޮތުން އެކަމަށް އެޅޭނެ ފިޔަވަޅަކީ 250ރ. އިން ޖޫރިމަނާ ކުރުން ކަމަށް ބުނެފައިވާއިރު އެ އުސޫލުން ދައުލަތް ވެސް އިސްތިސްނާވެގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

އެގޮތަށް ކުރެވޭ ޖޫރިމަނާ އަކީ ފަރުދީ ގޮތުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށާއި އެހެންވެ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެން ކުރެވޭ ޖޫރިމަނާތަކަކީ އެ ވަކީލަކު އަމިއްލަ އަށް ދައްކަން ޖެހޭނެ ޖޫރިމަނާއެއް އެ ހުކުމުގައި ބުނެފައި ވެއެވެ.

ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުން މުސާރަ އާއި އިނާޔަތްތައް ލިބޭ ފަރާތްތަކުން ގާނޫނާއި ގަވާއިދުގައި ބަޔާންކުރާ މަސްއޫލިއްޔަތު އަދާ ކުރުމުގައިވާ ވާ އިހުމާލަކުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ އެ ނޫން ވެސް ގޮތަކުން ގާނޫނާއި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރަން އޮންނަ އޮތުމުގެ ޒިންމާ ދައުލަތުން ނުވަތަ ކަމާ ގުޅުން ހުރި މުއައްސަސާއަކުން އުފުލާ ނަމަ އެއީ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ފަރާތުގެ އިހުމާލުން ލިބޭ ގެއްލުންތަކަށް ރައްޔިތުންގެ ފަރާތުން ޒިންމާ އުފުލަން ޖެހުން ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

އެ ހުކުމުގައި ކަނޑައަޅާފައިވާ ގޮތުން އެފަދަ ކަންކަމަށް ދައުލަތުގެ މުއައްސަސާތަކުން ޒިންމާ އުފުލަން ޖެހުމަކީ ދައުލަތުގެ ވަޒީފާގައި ތިބެގެން އިހުމާލުވާ ފަރާތްތަކަށް ދެވޭ ހިތްވަރަށް ނޫނީ ނުވާނެ އެވެ. ހަމައެއާއި އެކު، ޖިނާއީ މައްސަލައެއްގައި ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެން ކުރާ ޖޫރިމަނާތައް ދައްކަން ޖެހޭނީ އެ ވަކީލް އަމިއްލަ އަށް ކަމަށާއި އަދި ވަކީލަކު އައްޔަން ކޮށްފައި ނެތް ނަމަ، އެ ހާލަތުގައި އެ ޖޫރިމަނާ ދައްކަން ޖެހެނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ވަނީ ހުކުމްކޮށްފައެވެ.

ޖިނާއީ މައްސަލައެއްގައި ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވެގެން މައްސަަލަ ބޭރުކޮށްލެވޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގެ ދަށުން ކޯޓަށް ދީފައެއް ނެތް ކަމަށާއި ޖިނާއީ ދައުވާތަކަކީ މުޖްތަމައުގެ ހައްގާއި ފަރުދީ ހައްގުތަކެއް ވެސް ހިމެނޭ ކަމަށްވާތީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބޭރުކޮށްލުމަކީ އެއީ މުޖްތަމައުގެ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށް ވެއެވެ.

އެހެންކަމުން، އެ މައްސަލަތައް ބޭރުކޮށްލަން ތިނަދޫ ކޯޓުން ނިިންމި ނިންމުން ބާތިލްކޮށް، ހައި ކޯޓުގެ ހުކުމުގައި އެންގީ އެ މައްސަލަތައް ދަށު ކޯޓުން އަލުން ބަލައި ގޮތެއް ނިންމުމަށެވެ. ދެކުނު ގޮފީގައި އެމައްސަލަތައް ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: