ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން މާލޭގައި ކުއްޔަން އުޅޭ މީހުން ޔޫނިއަންއަކާއި ދިމާލަށް!

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފި. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފިއެވެ.

މިނިސްޓުރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓިން މިއަދު ރެޖިސްޓްރީ ކުރި އެ ޔޫނިއަންއަކީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އެވެ. އެމްޓީޔޫ އަކީ އެތައް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭމީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެއްދިފައިވާ ޖަމިއްޔާއެކެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެމީހަކަށްވެސް މިޖަމިއްޔާގައި ބައިވެރިވެ އެމީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޔޫތް މިނިސްޓްރީއިން ބުނީ މިޖަމިއްޔާގެމައިގަނޑު މަގްސަދަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ހިމާޔަތްކޮށް ދިފާއުކުރުމާއި ކުއްޔަށް ދިރިއުޅޭމީހުންނަށް އެހީ ތެރިކަން ފޯރުކޮށްދިނުމާއި، ކުލީ ދިރިއުޅުމާއި ބޯހިޔާވަހިކަމާއި ގުޅޭ ރޭވިގެން ހިންގޭ ކެމްޕެއިން ހިންގުން ކަމަށެވެ.

މިޔޫނިއަނުން ކުރިޔަށް އޮތްތާނގައި ގިނަގުނަ ޚިދުމަތްތަކެއް ދިނުމަށް ރާވަމުންދާ ކަމަށާއި، އެއްގެއިން އަނެއްގެއަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި، ކޮންޓްރެކްޓު ހެދުމާއި އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝޫރަންސް ފަދަ ޚިދުމަތްތަށް ލިބޭނޭ ގޮތް ކުރިޔަށް އޮތްތާނގައި ހަދާދިނުމަށް ވަނީ ރާވާފައެވެ. އަދި މެމްބަރުންގެ އެއްބާރުލުމާއި އެއްކޮށް ކުރިޔަށް ގެންދެވޭނޭ ކެމްޕެއިންތަކެއްވެސް ރާވަމުންދާ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ރައްކާތެރި ކުރުމަށް ގާނޫނު ހެދުމަށް ބާރުއެޅުމާއި އަދި ކުލި ކޮންޓުރޯލުކުރުމަށް ބާރު އެޅުން ހިމެނެއެވެ.

މާލޭ ޓެނަންޓްސް ޔޫނިއަންގެ އެއް މުއައްސިސް ޝާއިން ފާހަގަކުރި ގޮތުގައި، “އެމްޓީޔޫ އަބަދުވެސް މަސައްކަތްކުރާނީ ކުއްޔަށް ދިރިއުޅޭ އެއްމެން ޔޫނިއަންގައި ރަޖިސްޓްރީކޮށް، އެކަތިގަޑަކަށްވެ ކުލީގެ މައްސަލަ ހައްލުމުރުމަށް ކަމަށެވެ”. މިޖަމިއްޔާއިން މަސައްކަތް ކުރާނީ ޑިމޮކްރެޓިކް ނިޒާމަކުން ޔޫނިއަން މެމްބަރުންގެ ފުރިހަމަ ރުހުމާއި އެއްގޮތަށެވެ.

ކުއްޔަށްދޭ ފަރާތުގެ ހައްގުގައި މިހާރުވެސް މަސައްކަތްކުރާ އެމްއެންއޭސީއައިފަދަ ބާރުގަދަ ޖަމިއްޔާތަށް ވީހިނދު މިހާތަނަށް ކުއްޔަށް ދިރިއުޅޭ މީހުން ރަމްޒުކޮށްދޭނޭ ސީދާ ޖަމިއްޔާއެއް އުފެއްދިފައެއް ނުވެއެވެ. މާލޭ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭމީހުންނަކީ މާލޭގެ އާބާދީގެ %63 ނުވަތަ މެޖޯރިޓީއެވެ. މިހާ ގިނަބަޔެއްގެ އެދުންތަކަށް އެތަކެއް ދުވަސްވީ އިރުވެސް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތީ ކުއްޔަށް އުޅޭމީހުންގެ ސީދާޖަމިއްޔާއެއް ނެތުމުން ކަމުގައި ވެދާނެއެވެ. މިހެންކަމުން މިޖަމިއްޔާ ރެޖިސްޓުރީ ވުމަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ބޭނުންތައް ފުރިހަމަ ކުރުމަށް އެޅޭ ބޮޑު އަދި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޔޫތް މިނިސްޓްރީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: