ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލަޔަށް އަނިޔާ ކުރި މީހުންނަށް ފިޔަވަޅު އަޅަނީ!

ގާއުނޑޫދޫގައި ބަނދެފައި އޮތް ވެލާ. ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ގާއުނޑޫދޫގައި އިހާނެތިކޮށް ވެލައެއް ބަނދެފައި އިތް އޮތުން ބަލައިނުގަނެވޭނެ ކަމަށާއި އެކަން ކުރި ބަޔަކަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެންވައިރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދިރާސާތަކެއް ކުރުމަށް އެރަށަށް ގޮސް އުޅުނު އެންވައިރަމަންޓް މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޓީމަކަށް ގާއުނޑޫދޫ ގައި އޮތް އެ ވެލާ ފެނުމުން ވަނީ ސަލާމަތްކޮށްފައެވެ. މި ޓީމުގައި އިސްވެ ހުންނެވީ މިނިސްޓްރީގެ އެކްޒެކަޓިވް ޑިރެކްޓަރ އަހުމަދު މުޖުތަބާ އެވެ.

މި މައްސަލައާއި ގުޅޭގޮތުން އެންވައިރަމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ މިއީ ހަގީގަތުގައިވެސް އަނިޔާކުރުންކަމަށާއި މިފަދަ ލާއިންސާނީ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށާއި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިއީ ޤާނޫނީ ކުށެއް ކަމަށާއި މި މައްސަލަ މިނިސްޓްރީއިން މިގެންދަނީ ބަލަމުންކަމަށާއި މިކަމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

އެންވައިރަމަންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމު މަސައްކަތުގައި އުޅެނިކޮށް ވަލުތެރޭގައި އުއްޑުން ޖަހައި ބަނދެފައި އޮތް އެ ވެލާ ފެނިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ފިޔަގަނޑުގައި ވަލެއް ޖަހައި ގަހެއްގައި މި ވެލާ ބަނދެފައި އޮތުމުގެ ބޭނުމަކީ މިއަދުގެ ކޮންމެވެސް ވަގުތެއްގައި ފަޅާލުމަށް ކަމަށް ބެލެވޭ ކަމަށް އެންވައިރަމަންޓް މިނިސްޓްރީއިން ބުނެއެވެ.

އަދި ލަފާކުރެވޭ ގޮތުގައި މި ވެލައަކީ ރޭގެ ފަތިހުގެ ވަގުތެއްގައި ބިސް އަޅަން އެ ރަށަށް އެރި ވެލައެއް ކަމަށެވެ. ވެލާ ފެނުމާއެކީ އެ ވެލާ ސަލާމަތްކޮށް ދޫކޮށްލުމުގެ މަސައްކަތް ފެށި ކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: