ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީގައި އެންމެ ބޮޑަށް އަސަރުކުރި ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މ ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޕްރިސިޝަން އިންޖިނިއަރިން ސާރވިސަސްއާއި ޕީއީއެސް މެރިން ސާރވިސަސް ޖޮއިންޓް ވެންޗަރ ކުންފުންޏާއެވެ.

މަޝްރޫޢުގެ އެއްބސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާންއެވެ. އަދި ޕްރިސިޝަން އިންޖިނިއަރިން ސާރވިސަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޕީ.ޑަބްލިއު ތިލަކަރަތްނައެވެ. ޕީއީއެސް މެރިން ސާރވިސަސް ޖޮއިންޓް ވެންޗަރގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޔޫސުފް ޤާސިމްއެވެ.

 

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި. ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީއިން ބުނި ކޮޅުފުށީގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް އިިމާރާތްކުރެވޭނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ 1100 އަކަފޫޓުގެ 100 ގޯތީގައި 3 ކޮޓަރިއާއި، 3 ފާހާނާ އަދި ސިޓީންގް ރޫމާއި ބަދިގެ އަދި ސްޓޯރޫމަކާއި ދޮންނަ މެޝިން ބަހައްޓާތަނެއް ހިމެނޭ ގޮތަށް ކަމަށެވެ.

މަޝްރޫޢުގެ ޖުމަލް އަގު 75،772،086.00 ހަތްދިހަ ފަސް މިލިއަން ހަތްލައްކަ ހަތްދިހަ ދެހާސް އަށްޑިހަ ހަ) ދިވެހި ރުފިޔާއަށް އަރައެވެ. މަސައްކަތް ފަށާތާ 350 ދުވަސް ނުވަތަ 11 މަސް ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މ.ކޮޅުފުއްޓަކީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއް ރަށްކަން ފާހަގަކޮށްލެެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: