ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުސަތު އާންމުންނަށް!

ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ހޮވޭ ފަރުމާ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި “ޝަހީދުންގެ ބިނާ” ނަމުގައެވެ. މި ބިނާ ވެގެންދާނީ މިޤައުމުގައި ޝަހީދުވެފައިވާ އެންމެހާ ދިވެހިންގެ ހަނދާނުގައި ހެދިގެންދާ ބިނާއަކަށެވެ.

ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ކުރިމަތިލާ ފަރާތުގެ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި ޤާނޫނީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި އަދި ހުށަހަޅާ ފަރުމާ ހޮވިއްޖެނަމަ އެމްއެންޑީއެފާއި ގުޅިގެން އެފަރުމާ އިތުރަށް ޑިވެލޮޕްކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަށް އެއްބަސްވާން ޖެހެއެވެ.

މި ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތަކުގެ ތެރޭގައި ހުށަހަޅަން ބޭނުންވާ ފަރުމާގެ ކުރެހުންތައް ހިމަނާފައިވާ އޭ1 ސައިޒްގެ ފޯރމް ބޯރޑެއް ހުށަހެޅަންޖެހޭނެއެވެ. އަދި މި ފޯރމް ބޯޑްގައި ހުށަހަޅާ ފަރުމާ ޕީޑީއެފް ފޯމެޓުގައި ވެސް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ފަރުމާކުރެވޭ ބިނާގެ ކުރެހުންތަކާއި އޭގެ ތަފްސީލު ގިނަވެގެން އޭ3 ސައިޒްގެ 10 ގަނޑުގައި ބައިންޑް ކޮށްފައި ހުށަހަޅަންޖެހެއެވެ. އަދި މި ހުށަހެޅުން ހުށަހަޅަންޖެހޭނީ މައިކްރޮސޮފްޓް ވޯރޑް ފޯމެޓްގައި ސީޑީއެއްގައެވެ. އަދި އިސްވެ ދެންނެވުނު ހުށަހެޅުންތައް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަންވާނީ އެއްވެސް ނަމެއް ނުޖަހައި ބަންދުކޮށްފައެވެ.

މި ހުށަހަޅުންތަކާއެކު ފަރުމާކުރާ ފަރާތުގެ ވަނަވަރު ހިމެނޭ މަޢުލޫމާތު ޝީޓާއި އަދި އެފަރާތުގެ އައިޑީކާޑު ކޮޕީވެސް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. ފަރުމާ ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނީ ވަކިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފަރުމާތައް ހުށަހަޅަންޖެހޭ އެންމެ ފަހު ސުންގަޑިއަކީ 2019 އޮކްޓޯބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.

މިމުބާރާތުގައި އެންމެ ރަނގަޅު ހުށަހެޅުން ވެގެންދާނީ މިމުބާރާތް ރާވާ ހިންގާ ފަރާތްކަމުގައިވާ “ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު” ގެ މިލްކެއްގެ ގޮތުގައެވެ.

މިމުބާރާތާބެހޭ އިތުރު މަޢުލޫމާތު، އެމްއެންޑީއެފް ވެބްސައިޓް ޑައުންލޯޑްސް ސަފްޙާގައި “ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް” މި ނަމުގައިވާ ލިންކުތަކުން ޑައުންލޯޑް ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: