ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ފަހުބަސް: ބިލް ޑްރާފްޓް ކުރާނީ ރައްޔިތުންގެ މަޖިލީހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހެޅުމާއި މަޖިލީހުން ބިލްތައް ޑްރާފްޓް ކުރާނެގޮތުގެ ފަހު ބަސް ރައްޔިތުންގެ މަޖިލޫޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިއްވަވައިފިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު ހެދުމާއި ގޫނޫނުތަކަށް ބަދަލު ގެނައުމާއި ގާނޫނުތައް ބާތިލް އަދި ގާނޫނުގެ ހެދުމުގެ ބާރަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަސް ދީފައިވާ ބާރެއް ކަމަށެވެ. އަދި އެއީ އެއްވެސް ފަރާތަކަށް އެއްވެސް މީހަކަށް އޮޅިފައިވާ ވާހަކައެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޒާހަތްތެރި މަޖިލީހަކުން ސަރުކާރަށް ބިލްތައް ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވެައި ވާތީ އެކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ނަޒާހަތްތެރި ކަމާއި ގުޅިފައި އޮންނާނީ މަޖިލީޙުގެ މެމްބަރުން އެ މެމްބަރުންގެ ލައިގެން ކާނެ ތަކެތި ހޯދުމަށް މަޖިލީޙުގެ ވަސީލަތްތައް ބޭނުން ކުރުން ނޫން ކަމަށާއި ނަޒާހަތްތެރި ކަމާއި ގުޅީފައި އޮންނާނީ މަޖިލީޙުން ބިލްތައް ޑްރާފްޓްކޮށް ގާނޫނުތައް ހެދުމާއިކަން ރައީސް ނަޝީދު ވިދާޅުވިއެވެ.

“ބިލެއް ހެދުމުގައި ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާ މި މަޖިލިހުގެ ވަސީލަތްތައް އެމްޑީޕީ ނޫނީ އެހެން ޕާޓީތަކުން ބޭނުން ކުރާ ވާހަކަ. މަޖިލިހުގެ ވަސީލަތްތައް ބޭނުން ކުރެވެނީ ތިއިން އެއްވެސް ބޭފުޅެއްގެ ގެއަށް ލައި[ގެން] ކާއެއްޗެއް ހޯދާކަށް ނޫން. ގާނޫނު ހަދަން،” ނަޝީދު ވިދާޅުވި އެވެ.

ރައީސް  ނަޝީދު  ވިދާޅުވީ ބަންޑާރަ ނައިބު އޮފީހުން ހަދާ ގާނޫނެއް މަޖިލިހަށް ހުށަހަޅަން އެއްވެސް ހާލަތެއްގައި ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލިހުން ގާނޫނެއް ހަދާއިރު، އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ މަޝްވަރާ ހޯދުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާން ވިދާޅުވި ގޮތުގައި ބިލް ޑްރާފްޓް ކުރާ އިރު، ނަޒާހަތްތެރިކަމާ ގުޅިފައި އޮންނަނީ މަޖިލިހުގެ މެމްބަރުންގެ ގެއަށް “ލައި[ގެން] ކާ އެއްޗެއް” ނުވަތަ “އަންނައުނެއް [ގެންދަން] މިތަނުން ވަސީލަތްތަކާ އެކު ބޭނުން ކުރީމަ” އެވެ. އެކަމަކު ދިވެހި ދައުލަތުން އިންތިޒާމުކޮށްފައި އޮންނަ ގޮތުން މަޖިލިހުގެ ވަސީލަތްތައް ބޭނުންކުރާނީ ގާނޫނު ހަދަން ކަމަށް ވިދާޅުވި އެވެ.

“އެހެންވީމަ އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްވެސް އޮޅުމެއް ނެތް މަޖިލިހުން ގާނޫނު އެކުލަވާލުމުގެ މަސައްކަތް ދާނީ ކުރިއަށް،” ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ މި ދައުރުގެ ތެރޭގައި 20 ބިލެއް އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް ބަޔާންކޮށް ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ގޮތުގައި ސަަރުކާރުން މަޖިލިހަށް ހުށައަޅާ ބިލްތަކަކީ، “ސަަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތެވެ”. އަދި ނަޒާހަތްތެރި މަޖިލީހަކުން އެ ފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: