ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހުރިހާ ރަށަކަށް އެންބިއުލާންސް ހަމަކޮށްފި!

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން 21 އެންބިއުލާންސެއް ވަނީ ހަވާލުކޮށްފަ. ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް އެންބިއުލަން ހަމަކޮށްދެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ތަރައްޤީކުރުމަށާއި، ސަރުކާރުގެ ޞިއްޙީދާއިރާގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ “ނޭޝަނަލް އެމްބިއުލާންސް ސާވިސް” ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގެ ހުރިހާރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ ރަސްމިއްޔާތުގައ ހުރިހާ ރަށަކަށް އެންބިއުލަންސް ހަމަވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަން އޮގޮތަށް އޮތް ނަމަވެސް ހުރިހާ ރަށެއްގައިހުރި އެންބިއުލާންތަކަކީ ޚިދުމަތް ދެވޭ، ބޭނުން ކުރެވޭ ޙާލަތުގައި ހުރި އެމްބިއުލާންސްތަކެއް ނޫން ކަަމަށެވެ.

ހުރިހާ ރަށަކަށް އެންބިއުލަން ހަމަކުރި ފަދައިން، ބަރާބަރަށް ޚިދުމަތް ދެވޭ ފެންވަރު ރަނގަޅު އެމްބިއުލަންސް ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

“މިޙާރު މިހުރީ 21 އެމްބިއުލަންސް. އަދި ޕްރޮކިއު ކުރުމުގައި 25 އެމްބިއުލަންސް އެބަހުރި. މި ވެހިކަލްތަށް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އަންނާނެ.”

 އިތުރު 100 އެންބިއުލަންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާރުކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް އެންބިއުލަންސް ހޯދުމުގެ ހުވަފެން ޙަޤީޤަތަކަށް ވެގެންދާނެ ކަން އަމީން ފާހަގަކުރެއްވިއެވެ.

އެމްބިއުލަންސް ހަމަކޮށްދިނުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު އެއް ފިޔަވަޅަކީ މިއީ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނަމަކަށް ކަންކުރުމުގެ ސިޔާސަތު ދޫކޮށް ހަޤީޤީ މާނާގައި ރައްޔިތުންނަށް މަންފާކުރާނެ ގޮތްކަށް ކަންކަން ބައްޓަންކުރުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުގެ ފޮނި މޭވާގެ ރާޙަތު މިހާރު ލިބި، ފެންނަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

” ހަމައެކަނި ރިބަން ކެނޑާލުމުގެ އުސޫލު ނިމުމަކަށް އަންނަންޖެހޭ. ޙަޤީޤީ މާނާގައި ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަކަށް އެބަ ބައްޓަންކުރަންޖެހޭ. އެއީ ސިއްޙީ ޚިދުމަތް ވިޔަސް އަދި އެހެނިހެން ޚިދުމަތްތަށް ކަމުގައި ވިޔަސް ” މިނިސްޓަރ ވިދާޅުވިއެވެ.

ބައެއް ކަންކަން އަވަސް އަރުވާލައިގެން ހަމައެކަނި ނަމެއްގައި ކުރުމަކީ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުން ކުރަންޖެހޭ ހޭދަ އެތަށް ގުނައެއް އިތުރުވ ޚިދުމަތްތަށް ހުއްޓުމަކަށް އަންނަ ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފޯރުކޮށްދެވުނު އެމްބިއުލަންސް ތަަކަކީ ފެންވަރު ރަނގަޅު، އަވަސް ފަރުވާ ދެވޭނެ އެމްބިއުލަންސްތަކެއް ކަމަށެވެ. އަދި މި އެމްބިއުލަންސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، މެއިންޓެއިންކޮށް، ރައްޔިތުންނަށް ބޭނުންވާ ވަގުތުތަކުގައި ވަސީލަތުގެ ބޭނުން ކުރެވޭނެ އިންތިޒާމުތަށް އަބަދުވެސް ހަމަޖައްސާފައި ބެހެއްޓުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

އެމްބިއުލާންސް ދުއްވާ ޑްރައިވަރުންނަށް ދޭންޖެހޭ ތަމްރީންތަށް ހެލްތް މިނިސްޓްރީއިން ހަމަޖައްސާނެ ކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ވިދާޅުވީ މިހާރު ހެލްތް ސެންޓަރުތަކުގައި ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން ގިނަ މުވަޒަފަކީ ދާއިރާއިން ތަމްރީންވެފައިވާ ބަޔަކަށްވާންޖެހޭނެ ކަމަށެވެ. 

ޖަޕާނުން ހަވާލުކުރި އެމްބިއުލަންސްތަކާއި މިނިސްޓަރ އަމީން ހަވާލުވެލައްވަނީ. ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ރަށަކަށް އެންބިއުލަން ހަމަކުރުމަށް ޖުމްޙޫރީ މައިދާނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި 25 ރަށަކަށް އެމްބިއުލާންސް ޙަވާލުކުރިއެވެ. މީގެ ތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ޚިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް އެމްބިއުލެންސް ވަނީ ޙަވާލުކޮށްފައެވެ. އަދި މީގެ އިތުރުން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއް މިރަސްމިއްޔާތުގައިވަނީ އިޢުލާންކޮށްފައެވެ.

މި އެމްބިއުލާންސްތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ހަވާލުކުރެވުނު އެމްބިއުލެންސްގެ ތެރޭގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 21 ޕެރަމެޑިކް އެމްބިއުލާންސްވެސް ހިމެނެއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ޙަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު މިސް ކެއިކޯ ޔަނާއީއެވެ.  މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެނެނެވީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ އަމީނެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: