ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީގެ 140 ގެއަަކަށް އެހީތެރިކަން ފޯރުކޮށްދީފި، އަދިވެސް މޫސުން ގޯސް ވާނެ!

އިއްޔެއިން ފެށިގެން އައްޑޫއަށް ދަނީ ބޯކޮށް ވާރޭ ވެހެމުން. ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރަގައި މިހާތަނަށް 140 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ އެތައް ގެއަކަށް ފެންވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ފުލުހުން ވިދާޅުވީ މި ވިއްސާރައިގައި ހިތަދޫގެ 44 ގެޔަކާއި މަރަދޫ 4 ގެޔަކާއި މަރަދޫ ފޭދޫ 12 ގެއެއްގެ އިތުރުން ފޭދޫގެ 43 ގެޔަކާއި ހުޅުދޫ 10 ގެއަކާއި މީދޫ 27 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު، އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ފެން ވަދެފައިވާ ގެތަކުން މީހުން ހުސްކޮށް ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ވިއްސާރައިގައި ގޭގެއަށް ލިބިފައިވާ ގެއްލުންތަށް އައްޑޫ ސިޓީ ކައުންސިލުން ބަލަމުން އަންނަކަމަށާއި، ވެލި ބަސްތާ ޖެހުމާއި ފެންހިންދުމުގެ މަސައްކަތްކަތުގައި ކައުންސިލްއަށް އެހީތެރިވުމަށް ފުލުހުންނާއި ސިފައިންނާއި، ފެނަކައާއި، ޕަބްލިކް ވޯކްސްއާއި، ރެޑް ކްރެސެންޓްއާއި ކައުންސިލްގެ މުނިސިޕަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ހާލަތުގެ ފޮޓޯތަކެއް އިއްޔެ ވަނީ އާންމުކޮށްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އައްޑޫގެ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ފެންހިންދާ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަތަން އެ ފޮޓޯތަކުން ފެނެއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން ގަމު މެޓް އޮފީހުގެ އެސިސްްޓެންޓް މީޓިއޮރޮލިޖިސްޓް ޙަސަން ވަހީދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އައްޑޫގެ މުސުން ގޯސްވާނެ ކަމަށެވެ. މިވަގުތު އައްޑޫއަށް އަވި ދީފައި އޮތް ނަމަވެސް މިއަދުގެ ފަސް ގަޑިއެއްގައި އައްޑޫއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގާތްގަނޑަކަށް 50 މިލިމީޓަރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް އިއްޔެއާއި އަޅާ ބަލާއިރު މިއަދ އައްޑޫ ސިޓީގެ މޫސުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯކޮށް ވާރޭވެހުނު ނަމަވެސް ވައި ޖެހޭނީ 5 މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ހަސަން ވަޙީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: