ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ތަފާތު މަންޒަރެއް!

ރައީސް އިބްރާހީމް މުހައްމަދު ސާލިހް އިސްރަށްވެހިންނާއި އެކު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ބަގީޗާގައި އިއްްޔެ ބޭއްވި އާއިލީ ހަވީރުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ތިބި އާންމުންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.

ޢާއިލީ ހަވީރެއް ގޮތަށް ކުރިޔަށް ދިޔަ މި ޚާއްސަ ހަރަކާތުގައި އެމަނިކުފާނު ވަނީ އެތަނުގައި ހުޅުވާފައި ހުރި އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި އާންމު ފަރާތްތަކާއި އެކު ބައެއް ކުޅިވަރުތަކުގައި ބައިވެރިވެޑައިގެންފައެވެ.

މިއީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެލިމީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. މި އާއިލީ ހަވީރުގައި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ޖުމްލަ 17 ސްޓޯލެއް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޖެންޑަރ މިނިސްޓަރީ އިން ބުނީ މިފަދަ އާއިލީ ހަވީރެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި އާއިލީ ހަވީރުގައި ހުޅުވާފައިވާ ސްޓޯލްތަކުގައި އުމުރުން ދުވަސްވީ މީހުންނަށް އާއިލާއާއެކު ބައިވެރިވެވޭ ގޮތަށް ތަފާތު ކުޅިވަރުތައް އިންތިޒާމު ކުރެވިފައިވާއިރު ބައެއް ސްޓޯލް ތަކުގައި ސިއްހީ ބައެއް ޓެސްޓްތައް ކޮށްލުމުގެ ޚިދުމަތާއި އުމުރުން ދުވަސްވީ މީހުންނަށް މުހިންމު ތަފާތު އެކިއެކި މައުލޫމާތު ފޯރުކޮށްދިނުން ފަދަ ކަންކަން ވެސް ހިމަނާފައިވެއެވެ.

https://twitter.com/AmeenaAna/status/1183029635153457153

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: