ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ޚިދުމަތްތަކެއް ތައާރަފް މިކުރެވުނީ ސަރުކާރު ބަދަލުވެ އެތައް މަސްތަކެއްގެ މަޑުޖެހުމަކަށްފަހު!

ކުލުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ޚިދުމަތްތަކެއް ތައާރަފް މިކުރެވުނީ ސަރުކާރު ބަދަލުވެ އެތައް މަސްތަކެއްގެ މަޑުޖެހުމަކަށްފަހުގައިކަން ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވަމުން އަންނަ މުއިއްޒު މިހެން ވިދާޅުވީ ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ފައްޓަވައިދެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުރު ވިސްނޭ ސިޔާސަތުގެ ދަށުން ކުޅުދުއްފުށި ހޮސްޕިޓަލުގައި ސިޓީ ސްކޭން ހެދޭ ކޮޓަރިއަކާއި، އެމްއާރްއައި ކޮޓަރިއަކާއި ކާޑިއޯ ޑިޕާޓްމެންޓެއްް ގާއިމް ކުުރުމުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް  އޭރުގައި ހައުސިން މިނިސްޓްރީއާއި ހަވާލުކޮށްގެން ނިމިފައިވާކަމަށެވެ.

އެގޮތުން އެ ޚިދުމަތްތައް އެރަށުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން މިދިޔައީ ސަރުކާރު ބަދަލުވެ އެތަކެއް މަސްތަކެއްގެ ލަސްވުމަކަށް ފަހުގައި ކަން އޭނާ ފާހަގަކުރެެއްވިއެވެ.

https://twitter.com/MMuizzu/status/1183088705008914432

އިއްޔެ ރަސްމީކޮށް ޚިދުމަތް ދޭންފެށުނު ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދިގެންދާނެއެވެ. ކުޅުދުއްފުށީގައި ހުޅުވި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް މިޚިދުމަތް ލިބިގެން ދާނެއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ވޭތުވެދިޔަ 1 އަހަރު ތެރޭގައި ސީޓިއާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން ރެފަރ ކުރެވިފައިވެއެވެ. އެގޮތުން ރެފަރ ކުރެވުނު ގިނަ މީހުންނަކީ ޗާޓަރ ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓްސް އިން ރެފަރ ކުރެވިފައިވާ ބަލިމީހުންނެވެ. އަދި މިގޮތަށް ރެފަރ ކުރާއިރު، ޗާޓަރ ފްލައިޓް އިން ރެފަރ ކުރާނަމަ ރެފަރ ކުރެވޭ ކޮންމެ ބަލިމީހަކަށް 12،5600 ރުފިޔާ ޚަރަދު ކުރެވެއެވެ. އަދި ޝެޑިއުލްޑް ފްލައިޓް އިން ރެފަރ ކުރާނަމަ 14،966 ރުފިޔާ ޚަރަދު ކުރެވެއެވެ. މީގެއިތުރުން ރެފަރ ކުރެވޭ ބަލިމީހާއާއި އާއިލާގެ އަތުން އެތަކެއް ޚަރަދުތަކެއް (ހުރުމާއި ކެއުން ފަދަ) ކުރަންޖެހެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން ރެފަރަލް ތަކަށް ކުރެވޭ ޚަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: