ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ޔަގީން: ޑރ. އިޔާޒް

ޑރ. މޮހައްމަދު އިޔާޒް - (ފޮޓޯ - ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން “އަންނަނީ އަންނަނީ”ގެ ނަމުގާ ހުކުރު ދުވަހު ބެއްވުނު ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ ޑރ. މޮހައްމަދު އިޔާޒް ސަރުކާރު ދިފާއުކުރަށްވާ ޓުވީޓް ކުރަށްވައިފިއެވެ.

 މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓާއި ގުޅިފެގެން ރައީސް ޔާމިން ވިދާޅުވި ބަސްފުޅށް ރަށްދު ދެށްވާ އެބައިމީހުންނާ މެދު ގާނުނީ ފިޔަވަޅު ފިޔަޅު ސަރުކާރުން އަޅަން ފަސްނުޖެހޭނެ ކަން ޔަގީންވާކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި މިފަދަ ލާދީނީ ޓެރަރިސްޓް ޖަމާއަތަކާމެދު ފިޔަވަޅު ނޭޅުށްވީ ކީށްވެކަމާއި ދެވަނަ ދައުރަކަށް ހޮވައިފިނަމަ ފިޔަވަޅު އަޅުށްވާނެތޯ ވަނީ ސުވާލު ކުރަށްވާފައެވެ.

އެމްޑީއެންގެ މި ރިޕޯޓަކީ 2016 ވަނަ ތައްޔާރުކުރި ރިޕޯޓެކެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ރިޕޯޓް ވަނީ ޝާއިއުކޮށްފައެވެ. އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލުކަމަށް އައީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ފާޑުކިޔުންތައް ބޮޑުވުމުން މިހާރު ރިޕޯޓް އަނބުރާ ގެންގޮސްފައިވަނީ ބައެއް ބަދަލުތައް ގެންނަން ކަމަށް ބުނެއެވެ.

މީސްމީޑިއާގައި ފެތުރެމުންދާ ވާހަތަކަށް ބަލާއިރު ޝަހިންދާ ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ. އެގޮތުން ޝަހިންދާ ފިލައިގެން ދިޔައީ ޖަރުމަނަށް ކަމަށާއި އަދި ބޭރުގެ ހިމާޔަތް ހޯދުމަށް ޝަހިންދާ މަސައްކަތް ކުރަމުންދާ ކަމަށް މީސްމީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: