ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރައިގައި އައްޑޫސިޓީއަށް އެކިވަރުގެ ގެއްލުންތަކެއް!

ރެއިން ފެށިގެން އައްޑޫއަށް ދަނީ ބޯކޮށް ވާރޭ ވެހެމުން. ފޮޓޯ: ޓުވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 50 ގެއަކަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުނެފިއެވެ.

ރެއިން ފެށިގެން އައްޑޫއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ވިއްސާރައިގައި ގޭގެއަށް ފެންވަދެ އެކި ވަރުގެ ގެއްލުންތަށް ލިބެމުން އަންނަ ކަމަށެވެ. ވިއްސާރައިގައި ގޭގެއަށް ލިބިފައިވާ ގެއްލުންތަށް ކައުންސިލުން ބަލަމުން އަންނަކަމަށާއި، ވެލި ބަސްތާ ޖެހުމާއި ފެންހިންދުމުގެ މަސައްކަތްކަތުގައި ކައުންސިލްއަށް އެހީތެރިވުމަށް ފުލުހުންނާއި ސިފައިންނާއި، ފެނަކައާއި، ޕަބްލިކް ވޯކްސްއާއި، ރެޑް ކްރެސެންޓްއާއި ކައުންސިލްގެ މުނިސިޕަލް ޓީމުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރިއެވެ.

https://twitter.com/AdduCityCouncil/status/1182945128291266561

ކައުންސިލުން ކުރި ޓޫވީޓުގައި އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ހާލަތުގެ ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އައްޑޫގެ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި ފެންހިންދާ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަތަން އެ ފޮތޯތަކުން ފެނެއެވެ.

https://twitter.com/AdduCityCouncil/status/1182902027384279040?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182902027384279040&ref_url=https%3A%2F%2Fmihaaru.com%2Fnews%2F62861

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހދ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 04:00 އިން ފެށިގެން މިރޭ 08:00 އާއި ހަމައަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައިި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ. ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: