ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ޚިދުމަތްތަކެއް ދޭން ފަށައިފި!

ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފެށުމުގެ ރަސްމިއްޔާތު. ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ހދ.ކުޅުދުއްފުށީ ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއެވެ.

އިއްޔެ ރަސްމީކޮށް ޚިދުމަތް ދޭންފެށުނު ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދިގެންދާނެއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ވޭތުވެދިޔަ 1 އަހަރު ތެރޭގައި ސީޓިއާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން ރެފަރ ކުރެވިފައިވެއެވެ. އެގޮތުން ރެފަރ ކުރެވުނު ގިނަ މީހުންނަކީ ޗާޓަރ ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓްސް އިން ރެފަރ ކުރެވިފައިވާ ބަލިމީހުންނެވެ. އަދި މިގޮތަށް ރެފަރ ކުރާއިރު، ޗާޓަރ ފްލައިޓް އިން ރެފަރ ކުރާނަމަ ރެފަރ ކުރެވޭ ކޮންމެ ބަލިމީހަކަށް 12،5600 ރުފިޔާ ޚަރަދު ކުރެވެއެވެ. އަދި ޝެޑިއުލްޑް ފްލައިޓް އިން ރެފަރ ކުރާނަމަ 14،966 ރުފިޔާ ޚަރަދު ކުރެވެއެވެ. މީގެއިތުރުން ރެފަރ ކުރެވޭ ބަލިމީހާއާއި އާއިލާގެ އަތުން އެތަކެއް ޚަރަދުތަކެއް (ހުރުމާއި ކެއުން ފަދަ) ކުރަންޖެހެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން ރެފަރަލް ތަކަށް ކުރެވޭ ޚަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެއެވެ.

އެވްރެޖްކޮށް 305 ބަލިމީހުން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. އަދި ހޮނިހިރު ދުވަހު އެވެރެޖްކޮށް 650 މީހުން ޚިދުމަތް ހޯދައެވެ. ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތްހޯދުމަށް ހދ، ހއ އަދި ށ އަތޮޅުން އާދެއެވެ. ހދ.ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުން، 78 ނަރުހުން އަދި 16 އެހެނިހެން މެޑިކަލް ޕްރެކްޓިޝަނުން ފަރުވާ ދެމުންއާދެއެވެ.

ކުޅުދުއްފުށީގައި ހުޅުވި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް މިޚިދުމަތް ލިބިގެން ދާނެއެވެ. މި މަޝްރޫއަކީ ސަރުކާރުން ތަރައްޤީ ކުރުމަށް ނިންމާފައިވާ 5 ހޮސްޕިޓަލް ގެ މަޝްރޫއުގެ ދަށުން ހިމެނޭކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: